ފިލްމު 'ކޭޖީއެފް'ގެ އެކްޓަރުގެ ދައްތައަކަށް ކަރީނާ

ބަތަލާ ކަރީނާ ކަޕޫރު ޚާން-- ފޮޓޯ/ބޮލީވުޑްހަންގާމާ

ސައުތު ސިނަމާގެ ކާމިޔާބު ފިލްމު ސީރީސް "ކޭޖީއެފް"ގެ އެކްޓަރު ޔާޝްގެ ކުރިޔަށް އޮތް ފިލްމު "ޓޮކްސިކް"ގެ ރޯލަކަށް ބޮލީވުޑް ބަތަލާ ކަރީނާ ކަޕޫރު ޚާން ސޮއިކޮށްފިއެވެ.

މިދިޔަ ހުކުރު ދުވަހު ރިލީޒްވި ފިލްމު "ކްރޫ"ގެ ބަތަލާ ފިލްމުގައި ފެންނާނީ ޔާޝްގެ ދައްތަގެ ރޯލްއިން ކަމަށް ރިޕޯޓުތަކުން ބުނެއެވެ.

ޔާޝްއާ އެކު ފިލްމު "ޓޮކްސިކް"އިން ލީޑިންގް ރޯލްއިން ކިއާރާ އަދުވާނީ ފެންނާނެއިރު ކަރީނާއަށް ހުށަހެޅުނު ރޯލަކީ ވަރަށް ވަރުގަދަ ރޯލެއް ކަމަށާއި ފިލްމުގެ ވާހަކައިގެ ބޮޑު ބައެއް ކަރީނާ ކުޅޭ ކެރެކްޓާއަށް ބިނާކޮށްފައިވާކަމަށް ފިލްމީ ޚަބަރުތަކުން ބުނެއެވެ.

ފިލްމަށް ކަރީނާ ކަޕޫރު ގެންނަން ނިންމީ އެ ރޯލަށް ފިޓުވާ އެހެން ބަތަލާއަކު ނެތް ކަމަށް ފިލްމުގެ ޑައިރެކްޓަރަށް ގަބޫލުކުރެވި އެހެން ފިލްމީ ތަރިއަކަށް އެ ރޯލް ހުށަހަޅަށް ފިލްމުގެ ޑައިރެކްޓަރު އެއްބަސް ނުވުމުންނެވެ. އަދި މިއީ މިހާތަނަށް ކަރީނާ ސްކްރީނުން ފެންނާނެ އެންމެ ވަރުގަދަ އެއް ރޯލް ކަމަށް ބޮލީވުޑް ހަންގާމާއިން ވަނީ ބުނެފައެވެ.

ފިލްމު "ކޭޖީއެފް"ގެ އެކްޓަރު އެ ފިލްމުގެ މަންޒަރެއްގައި--ފޮޓޯ/ފިލްމުފެއަނިއުސް
މި ފިލްމަށް ކަރީނާ ސޮއިކޮށްފައިވާކަން ރަސްމީކޮށް އިއުލާނުކޮށްފައި ނެތް ނަމަވެސް ދެކުނުގެ ބޮޑު ފިލްމަކަށް ސޮއިކޮށްފައިވާ ކަމުގެ އިޝާރާތެއް ފިލްމު "ކްރޫ"ގެ ޕްރޮމޯޝަންތެރޭ ބަތަލާ ވަނީ ދީފައެވެ.

ގީތޫ މޯހަންދާސް ޑައިރެކްޓް ކުރާ "ޓޮކްސިކް"ގެ ޓެގް ލައިނާއެކު ފިލްމުގެ ޕްރޮމޯއެއް ދައްކާލާފައިވާއިރު ޓެގް ލައިންއަކީ 'އަ ފެއަރީ ޓޭލް ފޯ ގްރޯން އަޕްސް'އެވެ. ސައުތު ސިނަމާގެ އިތުރުން ބޮލީވުޑް ފިލްމުތަކަށް ލޯބިކުރާ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ކަންނާޑާ އެކްޓަރު އެންމެ ފަހުން ބެލުންތެރިންނަށް ފެނިފައި ވަނީ 2022 ވަނަ އަހަރު ރިލީޒްކުރި ފިލްމު "ކޭޖީއެފް: ޗެޕްޓާ2"އިންނެވެ.

މީޑިއާ ރިޕޯޓުތައް ބުނާގޮތުން ޔަޝްގެ ފިލްމު "ޓޮކްސިކް"ގެ ރޯލެއް ޝާހްރުކް ޚާންއަށް ވެސް ވަނީ ހުށަހަޅާފައެވެ. އެކަމަކު އެކަން އަދި ކަށަވަރެއް ނުވެއެވެ.

comment ކޮމެންޓް