މި ދައުރު ނިމޭއިރު ކޯސްޓްގާޑު ކެޕޭސިޓީ ދެގުނަ އިތުރުކޮށްދޭނަން: ރައީސް

އެއާކޯ އިފްތިތާހުކުރީ އެމްއެންޑީއެފް އެއާކޯ އިފްތިތާހުކުރުމާއި، އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ސިފައިންގެ ޚިދުމަތް ތައާރަފްކުރުމަށް ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

އެމަނިކުފާނުގެ ފަސް އަހަރު ނިމޭއިރު ދިވެހި އަސްކަރިއްޔާއިން ބޭނުންކުރާ ކޯސްޓުގާޑު ކެޕޭސިޓީ ދެގުނައަށް އިތުރުކޮށްދެއްވާނެ ކަމަށް ރައީސް ޑރ.މުޙައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވެފައިވަނީ އެއާކޯ އިފްތިތާހުކުރީ އެމްއެންޑީއެފް އެއާކޯ އިފްތިތާހުކުރުމާއި، އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ސިފައިންގެ ޚިދުމަތް ތައާރަފްކުރުމަށް ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްވަމުން އެ މަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ކަނޑުގައި މިހާރު ބޭނުންކުރާ ކޯސްޓުގާޑުގެ އުޅަނދުތަކުގެ ހާލަތު ހުރީ ވަރަށް ދަށްކޮށް ކަމަށާއި ބައެއް ތަކެތި ހުރީ ބޭނުން ވެސް ނުކުރެވޭ ހާލަތުގައި ކަމަށެވެ.

އެއާކޯ އިފްތިތާހުކުރީ އެމްއެންޑީއެފް އެއާކޯ އިފްތިތާހުކުރުމާއި، އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ސިފައިންގެ ޚިދުމަތް ތައާރަފްކުރުމަށް ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

"އާދައިގެ މެދު ސައިޒުގައި ހުރި ވެސެލްތަކަކީ ގާތްގަނޑަކަށް ހަތަރު ފަސް އުޅަނދެއް. ކުދި އުޅަނދު ދިހަ ވަރަކަށް ބާރަ ވަރަކަށް އުޅނަދު އޮތް ނަމަވެސް ބައެއް ތަކެތި ބޭނުންވެސް ނުކުރެވޭ ހަލާތުގަ ހުރި. މިއީ ހިތާމަ ހުރި ކަމެއް.އެތައް އަހަރެއް މިދިޔައީ މި ކަންކަމަށް ސަމާލުކަން ނުދެވި. އެހެން ނަމަވެސް މިއީ ދިވެހި އަސްކަރިއްޔާ،" ރައީސް ޑރ.މުއިއްޒު ވިދާޅުވިއެވެ.

އެހެންވެ، އެމަނިކުފާނުގެ ދައުރު ނިމުމުގެ ކުރިން މިހާރު ދިވެހި އަސްކަރިއްޔާގައި ބޭނުންކުރާ ކޯސްޓުގާޑުގެ ކެޕޭސިޓީ ދެގުނައަށް ބޮޑުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު ވަނީ ދެއްވާފައެވެ.

އިތުރަށް އެމަނިކުފާނު ވިދާޅުވީ، އެކަމަށް އެކި ސައިޒުގެ އުޅަނދުތައް ހޯދައިދެއްވާނެ ކަމަށާއި އެކަމުގެ މަޝްވަރާތައް ތުރުކީއާއި އެހެނިހެން ގައުމުތަކުގެ ސަރުކާރުތަކާއެކު ކުރަމުން އަންނަ ކަމަށެވެ.

އެއާކޯ އިފްތިތާހުކުރީ އެމްއެންޑީއެފް އެއާކޯ އިފްތިތާހުކުރުމާއި، އަންމޭންޑް އޭރިއަލް ވެހިކަލް (ޔޫއޭވީ) ސިފައިންގެ ޚިދުމަތް ތައާރަފްކުރުމަށް ނ. މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގައި މިރޭ ބޭއްވި ޚާއްސަ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ ކޯސްޓުގާޑުގެ ކަނޑުގެ ކެޕޭސިޓީވެސް އިރަދާކުރެއްވިއްޔާ ދާނީ ދުވަހަކަށް ވުރެ ދުވަހެއް މަތި ކުރެވެމުން" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، އެއާކޯއަށާއި އެއްގަމުގައި ބޭނުންކުރުމާއި ކަނޑުގައި ބޭނުންކުރުމަށް އުޅަނދުތައް އިތުރުކުރެވިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

comment ކޮމެންޓް