މާފުށީގައި ގެނބިގެން މީހަކު މަރުވެއްޖެ

ކ. މާފުށި: ފުޅާ ދާއިރާއެއްގައި ގެސްޓު ހައުސް ވިޔަފާރިކުރާ މާފުށީގައި ފަތުރުވެރިޔަކު ގެނބިގެން މިއަދު ވަނީ މަރުވެފައި -- ފޮޓޯ/ ބުކިން.ކޮމް

ކ. މާފުށީގައި ގެނބިގެން މީހަކު މަރުވެއްޖެއެވެ.

ފުލުހުން މިއަދު ބުނީ މާފުށީ އެކްޓިވް ވޯޓާ ސްޕޯޓްސް އޭރިއާއާ ދިމާ ނެރުމަތީގައި މީހަކު ގެނބިގެން މިއަދު ހެނދުނު ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ރަށު ހެލްތު ސެންޓަރުގައި ފަރުވާދެމުން ދަނިކޮށް އެ މީހާ މަރުވެފައިވާކަން ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ވަނީ ޔަގީންކޮށްދީފައެވެ.

އެ ރަށު ކައުންސިލުން ބުނި ގޮތުގައި މި ހަދިސާގައި މަރުވެފައިވަނީ ފަތުރުވެރިއެކެވެ.

ފުލުހުން އަންނަނީ ސީންގައި ހަރަކާތްތެރިވަމުންނެވެ. އަދި، އިތުރު މައުލޫމާތު ލިބުނު ވަރަކުން ހިއްސާކުރަމުން ގެންދާނެ ކަމަށް ފުލުހުން ބުންޏެވެ.

comment ކޮމެންޓް