އިސްރާއީލުގައި ހުންނަވާ ބްރެޒިލްގެ މަންދޫބު އަނބުރާ ގައުމަށް

ބްރެޒިލްގެ ރައީސް ލުއީޒް އިނާސިއޯ ލޫލާ ދަ ސިލްވާ -- ފޮޓޯ/އަލްޖަޒީރާ

ބްރެޒިލުން އިސްރާއީލަށް ކަނޑައަޅައިފައިވާ ހުންނަވާ މަންދޫބު، ފްރެޑްރިކޯ މޭޔާ އަނބުރާ ގައުމަށް ގެންދިއުމަށް ނިންމައިފިއެވެ.

މިއަދުގެ ވަގުތެއްގައި ބްރެޒިލަށް ދިއުމަށް އޭނާ ފުރާވަޑައިގަންނަވާނެ ކަމަށް ބްރެޒިލްގެ ޚާރިޖީ ވުޒާރާއިން ހާމަކުރެއެވެ.

އިސްރާއީލުގައި ހުންނަވާ މަންދޫބު ބްރެޒިލަށް ގެންގޮސްފައިވަނީ އިސްރާއީލުން ޣައްޒާގައި ގަތުލުއާންމެއް ހިންގަމުންދާ ކަމަށާއި، އިސްރާއީލުގެ އަމަލުތައް ދެވަނަ ބޮޑު ހަނގުރާމައިގައި ޔަހޫދީންނާ ދެކޮޅަށް ޖަރުމަނުވިލާތުގެ ނާޒީން ހިންގި ލާއިންސާނިއްޔަތުކަމެއް ނެތް އަމަލުތަކާއި އެއްފަދަ ކަމަށް ސިފަކޮށް ބްރެޒިލްގެ ރައީސް ލުއީޒް އިނާސިއޯ ލޫލާ ދަ ސިލްވާ ދެއްކެވި ވަހަކަފުޅާ ގުޅިގެން އިސްރާއީލުން ބްރެޒިލަށް ފާޑުކިޔައިފައިވަނިކޮށެވެ.

ލޫލާގެ އެ ވާހަކަފުޅަކީ ގަބޫލުނުކުރެވޭ ވާހަކަފުޅުތަކެއް ކަމަށާއި އެ ވާހަކަފުޅުތަކުން ދެވަނަ ބޮޑު ހަނގުރާމައިގައި ޔަހޫންދީންނަށް ލިބުނު އަނިޔާތަކަށް މަލާމަތް ރައްދުވާ ކަމަށާއި ގާޒާގައި ހަނގުރަމާ ކުރަމުން އަންނަނީ ހަމާސް ނައްތާލައި، ރަހީނުކޮށްފައިވާ މީހުން މިނިވަންކުރަން ކަމަށް އިސްރާއީލުން ބުނެއެވެ.

އަދި، ލޫލާ ދެއްކެވި ވާހަކަފުޅު އަނބުރާ ނުގެންގޮސްފިނަމަ، އިސްރާއީލުން ބްރެޒިލަށް މަރުހަބާ ނުކިޔާނެ ކަމަށް ވެސް އިސްރާއީލުގެ ޚާރިޖީ ވަޒީރު އިސްރާއީލް ކަޒް ވަނީ ވިދާޅުވެފައެވެ.

އެކަމާ ގުޅިގެން ބްރެޒިލްގެ ޚާރިޖީ ވުޒާރާއިން ބުނީ ރިއޯ ޑި ޖެނީރޯގައި ބާއްވާ ބައްދަލުވުމަކަށް ބްރެޒިލްގައި ހުންނަ އިސްރާއީލުގެ ސަފީރު ޑޭނިއަލް ޒޮންޝައިން ހާޒިރުކުރާނެ ކަމަށެވެ.

comment ކޮމެންޓް