ރޮނާލްޑޯގެ ބައިވެރިޔާ ޖޯޖީނާ، ބިއޯންޑް އެއާލައިނުން ރާއްޖެ އަތުވެއްޖެ

ޖޯޖީނާ ބޮއޯންޑް ގައި --

ދުނިޔޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ބައިވެރިޔާ ޖޯޖީނާ ރޮޑްރިގޭޒް، ބިއޯންޑް އެއާލައިނުން ރާއްޖެ އަތުވެއްޖެއެވެ.

ބިއޯންޑުން ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، ރޭގެ ވަގުތެއްގައި ސައުދި އަރަބިއްޔާގެ ވެރިރަށް ރިޔާދުން ޖޯޖީނާ ރާއްޖެ އައިސްފައިވަނީ ޗާޓަރު ޕްލައިޓެއްގައި ކަމަށެވެ.

އެ ޕޯސްޓުގައި ވާގޮތުން އޭނާ އައިސްފައި ވަނީ އާއިލާއާއި ރަހުމަތްތެރިންނާ އެކުގައެވެ.

ބިއޯންޑާއެކު އޭނާގެ ތަޖުރިބާ ޖޯޖީނާ ވަނީ އޭނާގެ އިންސްޓަގްރާމް ސްޓޯރީތަކުގައި ވެސް ހިއްސާކޮށްފައެވެ. އަދި އޭނާ ވަނީ އެ އެއާލައިނަށް ޝުކުރު އަދައިކޮށްފައެވެ.

ބެލެވޭ ގޮތުގައި އޭނާ އާއިލާއާއި ރަހުމަތްތެރިންނާ އެކު ރާއްޖެ އައިސްފައި ވަނީ ޗުއްޓީ ހޭދަކޮށްލުމަށެވެ. ނަމަވެސް ޗުއްޓީ ހޭދަކުރަނީ ކޮންތާކު ކަމެއް އެނގިފައެއް ނުވެއެވެ.

ރާއްޖޭގެ ސިމްޑީ ގުރޫޕް އަދި، ޔޫއޭއީގެ އެރަބިސްކް ކުންފުނިން އުފެއްދި "ބިއޯންޑް" އެއާލައިނަކީ ރާއްޖޭގެ ފުރަތަމަ މަތީ ފަންތީގެ ލެއިޝާ އެއާލައިނެވެ.

comment ކޮމެންޓް