''ވިލާ މާޓު 5'' އިން ވިޔަފާރި ކޮށްލައިގެން ހަދިޔާއެއް!

ވިލާ ޓްރޭޑިންގެ ދަށުން ހިންގަމުން އަންނަ ''ވިލާ މާޓު 5'' އިން ވިޔަފާރި ކޮށްލައިގެން ހަދިޔާއެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ވިލާއިން ބުނީ، މި ޕްރޮމޯޝަނަކީ އެ ފިހާރައިން "ޝޮޕް އެންޑް ވިން"ގެ ނަމުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށެވެ.

އިއްޔެ ފެށިގެން ކުރިއަށްދާ މި ޕްރޮމޯޝަން ކުރިއަށް އޮތް ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

މި ޕްރޮމޯޝަންގެ ދަށުން 100ރ. އަށްވުރެ މަތިން ވިޔަފާރި ކޮށްގެން ކޫޕަނެއް ހާސިލު ކުރުމުގެ ފުރުސަތު ލިބޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި ކޮންމެ ހަފުތާއަކުވެސް ބުރާސްފަތި ދުވަހު އެ ހަފުތާގެ ނަސީބުވެރި ފަރާތެއް ހޮވާނެ ކަމަށް ވިލާއިން ބުނެއެވެ.

އަދި ކޫޕަން ހާސިލުު ކުރާ ކަސްޓަމަރުގެ ތެރެއިން ގުރުއަތުން ހޮވޭ ނަސީބުވެރިޔަަކަށް ވިލާމާޓުގެ އެކްސްކްލޫސިވް އުފެއްދުންތައް އެކުލެވޭ ހަދިޔާއެއް ލިބޭނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މީގެ އިތުރަށް އެ ކުންފުނިން ބުނީ، ''ވިލާ މާޓް 5'' އިން ކާބޯތަކެއްޗާއި ތައްޔާރީ ކާނާގެ އިތުރުން ރީތިވާ ސާމާނު އަދި ގޭތެރޭގައި އާންމުކޮށް ބޭނުންކުރާ ގިނަ ސާމާނު ލިބެން ހުންނާނެ ކަމަށެވެ.

އަދި ވިލާ މާޓުގެ އެހެން ފިހާރަތަކެކޭ އެއްފަދައިން، މި ފިހާރައިންވެސް ކޮލިޓީ އުފެއްދުންތައް ހެޔޮ އަގުގައި ލިބެން ހުންނާނެ ކަމަށްވެސް ވިލާ އިން ބުނެފައިވެއެވެ.

އެ ފިހާރައިން ލިބޭ ހުރިހާ ސާމާނެއްވެސް ވިލާމާޓު ޑޮޓް އެމްވީ ވެބްސައިޓުންނާއި އެޕުން އޯޑަރު ކޮށްލުމުން މާލެ އަދި ހުޅުމާލޭގެ ފުރަތަމަ އަދި ދެވަނަ ފިޔަވަހީގެ އިތުރުން، އަތޮޅު ތަކަށް ދަތުރު ކުރާ ބޯޓު ތަކަށްވެސް ޑެލިވަރީ ކޮށްދޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

comment ކޮމެންޓް