މާދަމާ އަކީ ރަސްމީ ބަންދު ދުވަހެއް!

މާދަމާ ފާހަގަކުރާ ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގައި މާދަމާއަކީ ބަންދު ދުވަހެކެވެ.

މަސައްކަތްތެރިންގެ ދުވަސް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ މިދިޔަ އަހަރުގެ މެއި އެކަކުން ފެށިގެންނެވެ.

ރައީސް އޮފީހުން މިއަދު ބުނީ މަސައްކަތްތެރިންގެ ޙައްޤުތައް ރައްކާތެރި ކުރުމަކީ ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށާއި މަސައްކަތްތެރިންގެ ޙައްޤުތައް ޙިމާޔަތް ކުރުމަށް އެކިފަރާތްތަކުން ކުރާ މަސައްކަތްތަކަށް މަރުހަބާ ކިޔާ ކަމަށެވެ.

މަސައްކަތްތެރިންގެ ދުވަސް ފާހަގަ ކުރަނީ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތް ކޮށް މަސައްކަތްތެރިކަމުގެ މާހައުލެއް ގާއިމް ކުރުމަށް ކުރާ މަސައްކަތްތައް ފާހަގަކޮށް އެކަމަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. މިދިޔަ އަހަރުވެސް ރާއްޖޭގައި ވަނީ މަސައްކަތް ތެރިންގެ ދުވަސް ފާހަގަކުރުމަށް ތަފާތު ހަރަކާތްތައް ހިންގައިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު