LIVE BLOG
DONATE ONLINE
0.00
Total Fund:
MVR
މެއިންޓަނަންސް މަސައްކަތްތަކެއް ކުރިއަށްދާތީ ވެބްސައިޓަށް ވަދެވަޑައިގަތުމުގައި ކުރިމަތިވެދާނެ ދަތިތަކަށްޓަކައި ކިޔުންތެރިންގެ ކިބައިން މައާފަށް އެދެން

ދިރާގު ދިވެހި ލީގުގެ ފުރަތަމަ މެޗުގައި ވީބީ އާއި ނިއު

    10 އޭޕްރިލް 2012 - 3 އަހަރު 7 މަސް ކުރިން
    4 ކޮމެންޓު
ވިބީ އައްޑޫ އެފްސީ އާއި ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ބޮޑު މެޗުން، މިއަހަރުގެ ދިރާގު ދިވެހި ލީގު މިމަހުގެ 18 ވަނަ ދުވަހު ފަށާގޮތަށް އެފްއޭއެމް އިން ޝެޑިއުލްކޮށްފި އެވެ.

ތިން ބުރަށް ބަހައިލައިގެން ކުރިއަށްގެންދާ މި މުބާރާތުގައި ޖުމްލަ އަށް ޓީމް ވަނީ ބައިވެރި ވެފައެވެ. އެގޮތުން މުބާރާތުގެ ތިން ވަނަ ބުރަށް ކޮލިފައި ވާނީ އެންމެ ގަދަ ހަ ޓީމެވެ. އަދި އެންމެ ދަށް ދެ ޓީމް މުބާރާތުން އަލްވަދާއު ކިޔަން ޖެހޭއިރު، އެ ދެޓީމް ޖެހޭނީ ރެލިގޭޝަން ކުޅޭށެވެ.

މި އަހަރުގެ ދިވެހި ލީގުގެ މެޗުތައް ކުޅޭ ދުވަސްތަކާއި ގަޑިތައް މިއަދު އެފްއޭއެމްއިން އިއުލާން ކޮށްފައި ވާއިރު، މުބާރާތުގެ ފުރަތަމަ މެޗުގައި މިމަހުގެ 18 ވަނަ ދުވަހުގެ ރޭ 9:00 ޖަހައިރު ވީބީ އާއި ނިއު ބައްދަލުކުރާއިރު، މުބާރާތުގެ ދެ ވަނަ މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 19 ވަނަ ދުވަހުގެ ހަވީރު 4:00 ގައެވެ. އެމެޗުގައި ބައްދަލުކުރާ ދެޓީމަކީ ވިކްޓަރީ ސްޕޯޓްސް ކުލަބާއި މާޒިޔާ އެވެ. އަދި ތިން ވަނަ މެޗުގައި މިމަހުގެ 20 ވަނަ ދުވަހު ހަވީރު 4:00 ގައި ކުލަބް އީގަލްސް އާއި ވިޔަންސާ ބައްދަލުކުރާއިރު، ހަތަރު ވަނަ މެޗުގައި މިމަހުގެ 21 ވަނަ ދުވަހުގެ ހަވީރު 4:00 ގައި ބައްދަލުކުރާ ދެޓީމަކީ ކުލަބް ވެލެންސިޔާ އާއި އޭވައިއެލް އެވެ.

ދިވެހި ލީގުގެ ފުރަތަމަ ބުރުގައި ޖުމްލަ 28 މެޗް ކުޅޭއިރު، ދެ ވަނަ ބުރުގައި ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ 28 މެޗް ކުޅޭ ގޮތަށެވެ. އަދި ތިން ވަނަ ބުރުގައި ކުޅުމަށް ހަމަޖެހިފައި ވަނީ 15 މެޗެވެ.

މިއަހަރުގެ ދިރާގް ދިވެހި ލީގުގެ ހުރިހާ މެޗެއް ގަލޮޅު ރަސްމީ ފުޓްބޯޅަ ދަނޑުގައި ކުޅުމަށް ހަމަޖެހި ފައިވާއިރު، މިދިޔަ އަހަރުގެ ލީގުގެ އެންމެ ކާމިޔާބު ޓީމަކީ ވީބީ އެވެ.

ކިޔުންތެރިންގެ ޚިޔާލު

ކޮމެންޓު ލޯޑުވަނީ

ޚިޔާލު ފާޅުކުރައްވާ!