ޖުމްލަ 484 މީހުން ކޮވިޑަށް ޕޮޒިޓިވް، މާލެ ސަރަހައްދުން 57 މީހުން

ކޮވިޑަށް ޓެސްޓްކުރުމަށް ސާމްޕަލް ނަގަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ފާއިތުވީ 24 ގަޑިއިރު ތެރޭގައި މުޅި ރާއްޖެއިން ޓެސްޓްކުރި 3,014 ސާމްޕަލްގެ ތެރެއިން 484 މީހުން އަލަށް ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ.

މިދިޔަ 24 ގަޑިއިރު ތެރޭގައި މާލެއިން ޓެސްޓްކުރީ 696 ސާމްޕަލެވެ. އޭގެ ތެރެއިން ކޮވިޑަށް ޕޮޒިޓިވްވީ 57 މީހުންނެވެ.

އަތޮޅުތެރޭގެ ރަށްރަށުން މިއަދު 382 މީހަކު ޕޮޒިޓިވްވެފައިވާއިރު ރިސޯޓުތަކުން ޕޮޒިޓިވްވީ 24 މީހުންނެވެ.

ރާއްޖެއިން މިއަދާ ހަމައަށް ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު މިވަނީ 169،632އަށް އަރާފައެވެ.

އެކްޓިވް ކޭސްގެ ގޮތުގައި ރާއްޖޭގައި މިވަގުތު 15،076 މީހުން ތިބިއިރު އޭގެ ތެރެއިން 16 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލްގައި އެނދުމަތި ކޮށްގެންނެވެ.

އިއްޔެ ނެގި ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 15.73 ޕަސެންޓުގެ މީހުންނެވެ. އަދި މިއަދު ނެގި ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވެފައި ވަނީ 16.06 ޕަސެންޓެވެ.

comment ކޮމެންޓް