ޑަބްލިއުއެޗްއޯއަށް އެމެރިކާއިން ދޭ އެހީ ކަނޑާލާނެކަމުގެ އިންޒާރު ދީފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް---

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއަށް އެމެރިކާއިން ދޭ އެހީ ކަނޑާލާނެކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ދެއްވައިފި އެވެ.

އެމެރިކާގެ ރައީސް ޓްރަމްޕް ވިދާޅުވީ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 އަށް ފިޔަވަޅު އެޅުމުގައި އެ ޖަމިއްޔާ ނާކާމިޔާބު ވެފައިވާ ކަމަށެވެ،

ޓްރަމްޕް ވިދާޅުވީ ޑަބްލިއެއްޗްއޯއިން އުޅުނީ ޗައިނާ ބުނިގޮތެއް ހަދައިގެން ކަމުން އެ ޖަމާއަތުން ކަމުގެ ސީރިއަސްކަން ފޮރުވާފައިވާ ކަމަށެވެ.

ކޮރޯނާ ވައިރަސް އެންމެ ފުރަތަމަ ފެތުރެން ފެށީ ޗައިނާގައެވެ. މިހާތަނަށް މުޅި ދުނިޔެއިން 80،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެ ފައެވެ.

ޓްރަމްޕްގެ އަރިސް ބޭފުޅުން ތުހުމަތުކުރައްވާގޮތުގައި ޑަބްލިއުއެޗްއޯއިން ބޮޑަށް ބަރޯސާވީ ޗައިނާއިން އޮޅުވާލައިފައިވާ ތަފާސް ހިސާބުތަކުގެ މައްޗަށް ކަމަށެވެ.

ޓްރަމްޕް ނިސްބަތްވާ ރިޕަބްލިކަން ޕާޓީގެ ސެނެޓަރު ލިންޑްސް ގްރެހަމްވެސް ވަނީ ދެން ސެނެޓުން ޑަބްލިއުއެޗްއޯއަށް އެހީދޭން ފާސް ނުކުރާނެ ކަމަށެވެ.

ޑަބްލިއުއެޗްއޯ އެންމެ ބޮޑަށް ފަންޑުކުރަނީ އެމެރިކާއިން އެވެ. އެގައުމުން މިދޔަ އަހަރުވެސް ވަނީ 400 މިލިއަން ޑޮލަރުގެ އެހީ އެ ޖަމިއްޔާއަށް ދީފަ އެވެ. ޗައިނާއިން ދީފައިވަނީ 44 މިލިއަން ޑޮލަރެވެ.

ޓްރަމްޕްގެ ތުހުމަތުތައް ޑަބްލިއުއެޗްއޯއިން ވަނީ ދޮގުކޮށްފ ައެވެ. ޑަބްލިއުއެޗްއޯގެ ރީޖަނަލް ޑައިރެކްޓަރު ފޯ ޔޫރަޕް ޑރ ހާންސް ކްލޫގް ވިދާޅުވީ ދުނިޔެ ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި އޮއްވާ ފަންޑިން ކަނޑާލުމަކީ އެންމެ ރަނގަޅުގޮތެއް ނޫން ކަމަށެވެ.

comment ކޮމެންޓް