ރައީސް ނަޝީދު ކޮވިޑް 19 އަށް ޓެސްޓް ކުރައްވައިފި

ރައީސް ނަޝީދު ކޮވިޑް 19 އަށް ޓެސްޓް ކުރައްވަނީ --- ފޮޓޯ/ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ކޮވިޑް 19 އަށް ޓެސްޓް ކުރައްވައިފި އެވެ.

މަޖިލީހުން ބުނީ މިއަދުގެ ވަގުތެއްގައި ސިއްހީ ބޭފުޅުން ވަޑައިގެން ރައީސް ނަޝީދު ކޮވިޑް 19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގާފައިވާ ކަމަށެވެ. އަދި ޓެސްޓްގެ ނަތީޖާ ލިބޭނެ ދުވަހެއް އަދި ސާފެއް ނުވެ އެވެ.

ރައީސް ނަޝީދު ކޮވިޑ 19 އަށް ޓެސްޓު ކުރައްވަން ޖެހިވަޑައިގަތީ މިދިޔަ މަހުގެ 14 ވަނަ ދުވަހުގެ ފަހުން އިނގިރޭސި ވިލާތުން އައި ހުރިހާ އެންމެން ޓެސްޓް ކުރުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން ނިންމެވުމާ ގުޅިގެންނެވެ. ރައީސް ނަޝީދު މިދިޔަ މަހުގެ 11 އިން 14 އަށް ހުންނެވީ އިނގިރޭސި ވިލާތުގަ އެވެ.

މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް ނަޝީދު ވިދާޅުވީ ކޮވިޑް 19 ގެ އެއްވެސް ނިޝާނެއް އެމަނިކުފާނުގެ ނެތް ކަމަށެވެ. އެހެން ނަމަވެސް ޓެސްޓް ކުރަން އެޗްޕީއޭއިން އެދޭނަމަ ޓެސްކުރައްވަން ތައްޔާރަށް ހުންނެވި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އިނގިރޭސި ވިލާތުން ރާއްޖެ އައި ހަތަރު ދިވެެއްސަކު މިހާރު ވަނީ ކޮވިޑް 19 އަށް ޕޮސިޓިވްވެފަ އެވެ.

comment ކޮމެންޓް