އެސްޓީއޯއިން ޕެޓްރޯލާއި ޑިސަލްގެ އަގު ހެޔޮކޮށްފި

އެފްއެސްއެމް ފިއުލް ސުޓޭޝަނުން ހިދުމަތް ދެނީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯއިން ޕެޓްރޯލާއި ޑީސަލް ވިއްކާ އަގު ހެޔޮކޮށްފިއެވެ.

އެސްޓީއޯއިން ބުނި ގޮތުގައި، އެ އަގު ހެޔޮކޮށްފައިވަނީ ޑީސަލް ލީޓަރެއްގެ އަގުން 50 ލާރި، އަދި ޕެޓްރޯލް ލީޓަރެއްގެ އަގުން 53 ލާރިއެވެ.

އެހެންކަމުން މިއަދުން ފެށިގެން އެސްޓީއޯޢިން ޑީސަލް ލީޓަރެއް ވިއްކާނީ 10.39 ރުފިޔާއަށެވެ. އަދި ޕެޓްރޯލް ލީޓަރެއް ވިއްކާނީ 9.60 ރުފިޔާއަށެވެ.

އެސްޓީއޯއިން ބުނީ ޑީސަލާއި ޕްޓްރޯލުގެ އަގު ހެޔޮކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އައި ހެޔޮ ބަދަލާ ގުޅިގެން ކަމަށެވެ.

އެސްޓީއޯއިން ބުނީ މިއީ މިދިޔަ އަހަރުގެ މެއި މަހުން ފެށިގެން އެސްޓީއޯއިން ޑީސަލާއި ޕެޓްރޯލު ވިއްކާ އަގު ވިދިވިދިގެން ހެޔޮކުރި ހަތަރުވަނަ ފަހަރު ކަމަށެވެ.

https://sun.mv/132105

comment ކޮމެންޓް