ކަލިނަރީ އޮލިމްޕިކްސްގައި ރާއްޖޭގެ ރިސޯޓަކަށް ހަތަރު ރަން މެޑަލް

ކަލިނަރީ އޮލިމްޕިކްސްގައި ބައިވެރިވި އާރަށް ރިސޯޓްގެ ޓީމް--- ފޮޓޯ: އާރަށް

ޖަރުމަނުގައި ބޭއްވި ކެއްކުމުގެ މުބާރާތެއް ކަަމަށްވާ ކަލިނަރީ އޮލިމްޕިކްސްގައި ރާއްޖޭގެ ހެރިޓަންސް ރިސޯޓް އާރަށަށް ހަތަރު ގޯލްޑް މެޑަލް ލިބިއްޖެއެވެ.

އެއިޓްކަން ސްޕެންސް ހޮޓެލްސްއިން ރާއްޖޭގައި އެންމެ ފަހުން ހުޅުވި ރިސޯޓް ހެރިޓަންސް އާރަށަށް ވަނީ އެ މުބާރާތުގައި ހަތަރު ސިލްވާ އަދި ތިން ބްރޮންޒް މެޑަލްވެސް ލިބިފައެވެ.

މިއީ ރާއްޖޭގެ ތާރީހުގައިވެސް އެފަދަ މުބާރާތެއްގައި ރާއްޖޭގެ ރިސޯޓަކުން އެންމެ ގިނަ މެޑަލް ހޯދި ފަހަރެވެ.

ޖަރުމަނުގެ ސްޓަޓްގާޓްގައި މިމަހު 14 އިން 19 އަށް ބޭއްވި ކަލިނަރީ އޮލިމްޕިކްސްގައި 59 ގައުމަކުން 2000 އަށް ވުރެ ގިނަ ޝެފުން ބައިވެރިވިއެވެ. އެ މުބާރާތުގެ ފަނޑިޔާރުކަން ކޮށްދެއްވައިފައިވަނީ ދުނިޔޭގެ މަޝްހޫރު ޖަޖުންތަކެކެވެ. މުބާރާތުގައި 7000 އަށް ވުރެ ގިނަ މެނޫ ތައްޔާރުކުރިއެވެ.

އާރަށުގެ ޓީމުން ވަނަ ލިބިފައިވަނީ މުޅިންވެސް ސްރީލަންކާގެ ޝެފުންނަށެވެ. އޭގެ ތެރޭގައި ހަ ޝެފުން ހިމެނެއެވެ. އާ ރަށުގައި މިހާރުވެސް ހަ ރެސްޓޯރެންޓް ހުރެއެވެ.

comment ކޮމެންޓް