އަނަސްގެ މޭޔަރުކަމުގެ ފޯމު އިލެކްޝަނަށް ހުށަހަޅައިފި

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި މާލޭ މޭޔަރު ކަމަށް ވާދަކުރުމަށް އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް، އަނަސް އަބްދުއްސައްތާރު އިލެކްޝަންސް ކޮމިޝަނަށް ފޯމު ހުށަހަޅުއްވައިފި އެވެ.

އެމްޑީޕީގެ ޕްރައިމަރީގައި އަނަސް އެޕާޓީގެ ޓިކެޓު ކާމިޔާބު ކުރެއްވީ މިދިޔަ ދެ ދައުރުވެސް މާލޭ ސިޓީގެ މޭޔަރުކަން ކުރެއްވި ޝިފާ މުހައްމަދުގެ މައްޗަށް 200 ވޯޓުން ކުރި ހޯއްދަވައިގެންނެވެ.

އަނަސްއަށް 1،025 ވޯޓު ލިބުނު އިރު، ޝިފާއަށް ލިބިވަޑައިގެންނެވީ 835 ވޯޓެވެ. ދެން އެންމެ ކައިރިން ވާދަކުރެއްވީ މާލޭގެ ފުރަތަމަ މޭޔަރުކަން ކުރެއްވި، ސަރަނގު އާދަމް މަނިކެވެ. އާދަމް މަނިކަށް ލިބުނީ 780 ވޯޓެވެ.

އަނަސް އަށް ތައުރީފުކުރައްވަމުން އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު މިފަހުން ވިދާޅުވީ އަނަސް އަށް މާލެއިން 12،000 ވޯޓު ލިބޭނެ ކަމާމެދު އެއްވެސް ވަރަކަށް ޝައްކު ނުކުރާ ކަމަށާއި، އަނަސް އާ އެންމެ ކައިރިން ވާދަކުރާ ކެނޑިޑޭޓަށް 1500 ވޯޓުވެސް ނުލިބޭނެ ކަމަށެވެ.

comment ކޮމެންޓް