އެޑެލް 45 ކިލޯ ހިއްކާލައިފި

ދާދި ފަހުން ބޭއްވި އިވެންޓެއްގައި އެޑެލް --- ފޮޓޯ : އީ އޮންލައިން

އެތައް ބައެއްގެ ލޯބި ހޯދާފައިވާ މަޝްހޫރު ލަވަކިޔުންތެރިޔާ އެޑެލް 45 ކިލޯ ހިއްކާލައިފި އެވެ.

އެޑެލްގެ ކުރީގެ ފިރިމީހާ ސައިމަން ކޮނޭކީ އާ މިދިޔަ އަހަރު ވަރިވުމަށްފަހު އޭނާ ވަނީ މީޑިއާތަކާ ކޮންމެވެސް ވަރަކަށް ދުރަށް ޖެހިލާފައެވެ.

ނަމަވެސް އެއާއެކު އެވޯޑު ހަފްލާއަކުން ފެނިގެން ދިޔައީ އެޑެލް ވަރަށް ބޮޑަށް ހިއްކާލާފައި ހުރި މަންޒަރެވެ. އަދި ދާދި ފަހުން އޭނާގެ ރަހުމަތްތެރިޔެއްގެ ކައިވެނި ހަފްލާއެއްގެ ތެރެއިން އޭނާ ފެނިފައިވާއިރު، އެޑެލް ވަނީ ކުރިއަށްވުރެ ބޮޑަށް ހިއްކާލާފައެވެ.

އެގޮތުން އެޑެލް ހާމަކުރިގޮތުގައި އޭނާ ވަނީ 45 ކިލޯ ހިއްކާލާފައެވެ.

އެޑެލް ވަނީ ދާދި ފަހުން އޭނާގެ 31 ވަނަ އުފަން ދުވަސް ފާހަގަކޮށްފައެވެ. އުފަން ދުވަހާ ގުޅިގެން ފޭނުންނާ ވާހަކަ ދައްކަމުން އެޑެލް ވަނީ ފާއިތުވި އަހަރަކީ އޭނާއަށް ވަރަށް ދަތި އަހަރެއް ކަމަށް އިޝާރާތްކޮށްފައެވެ. އަދި ތަފާތު ގިނަ ސަބަބުތަކާ ގުޅިގެން ސިއްހަތަށް ފައިދާވާނެ ލައިފްސްޓައިލެއް ދެމެހެއްޓުމަށް އޭނާ މަސައްކަތްކުރަން ފެށިކަމަށްވެސް އެޑެލް ވަނީ އިޝާރާތްކޮށްފައެވެ.

އެޑެލްގެ ކުރީގެ ޕާސަނަލް ޓްރެއިނާ ކެމިލާ ގުޑިސް ބުނެފައިވަނީ އެޑެލް ވަރަށް ބޮޑަށް ކަސްރަތަށް ހާއްސަ ކަމެއް ދޭ ކަމަށެވެ. އެހެންނަމަވެސް ބަރުދަން ލުއި ކުރުމުގެ 90 ޕަސެންޓު މަސައްކަތަކީ އެޑެލްގެ ޑައިޓު ބަދަލުކުރުން ކަމަށް ކެމިލާ ބުންޏެވެ. އަދި އެ ޑައިޓްތަކަކީ ސިއްހަތަށް ރަނގަޅު ޑައިޓުތައް ކަމަށް އޭނާ ފާހަގަކުރިއެވެ.

comment ކޮމެންޓް