ޕެޓްރޯލް ކިޔު: ލަސްނުކޮށް ވީހާވެސް އަވަސްކުރޭ!

އެފްއެސްއެމް ފިއުލް ސުޓޭޝަނުން ހިދުމަތް ދެނީ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އަހަރުމެން އެންމެންވެސް މިތިބެނީ ވަރަށް ލަސްވެފަ އެވެ؛

ވަގުތު ނެތިގެން ލަސްވެގެން އުޅޭއިރު ޕެޓްރޯލްކޮޅެއް ސައިކަލަށް ނޫނީ ކާރަށް އަޅަން މިދެވެނީ ޕެޓްރޯލް ހަމަ އެއްކޮށް ހުސްވެ ސައިކަލް ނުދުއްވޭ ހިސާބަށް ދިޔައިމަ އެވެ. ރަނގަޅަށް ވިއްޔާ އޭރު އޮންނާނީ ކޮންމެވެސް ތަނަކަށް ދާން ގަޑިޖެހިފަ އެވެ. އެވަރުންވެސް، އަވަސް ކުރުމަށް ނޫނީ އެހެން މީހުންނަށްވެސް ލުއިކޮށްދިނުމަށް ވިސްނަނީ ކިތަށް މީހުން ހެއްޔެވެ؟

ކިއު އަށް އަރައި ފައިސާ އަވަަހަށް ނަގާ!

މިއީ ވަރަށް ގިނަ ބަޔަކު ކުރާ އެކަމަކު ވަރަށް ކަމުނުދާ އާދައެކެވެ. އެތަށް އިރެއްވަންދެން ކިއުއެއްގައި އިންނަންޖެހުނަސް، ވޮލެޓުނަގައިގެން ފައިސާދޭން ތައްޔާރުވާނީ ހަމަ އެމީހެއްގެ ވެހިކަލަކަށް ޕެޓްރޯލް އަޅާ ނިމުނީމަ އެވެ. އެކަމަކު، ފައިސާ ނަގައިގެން ތައްޔާރުވެގެން ތިބޭނަމަ ތިމާ އާއި އަނެކުންގެ ގަޑިން ދެތިން މިނިޓު ނަމަވެސް ސަލާމަތްވާނެ އެވެ.

ޕެޓްރޯލް ޝެޑް

ފައިސާ މާރުކުރަންވެސް އެތައް ވަގުތެއް!

އަނެއްކަމަކީ، ޕެޓްރޯލް އަޅަންވެސް ބޮޑެތި އަދަދުތަކުން ފައިސާ ގެންދިއުމެވެ. އެހާ ބޮޑެތި އަދަދުތަކުން ފައިސާ ހިފައިގެން ގޮސް، އެ މާރުކުރުމަށްވެސް އެތަށް ވަގުތެއް ހޭދަވެއެވެ. ގިނަ ޕެޓްރޯލް ޝެޑްތަކުގައި، ކޮންމެ ސްޓޭޝަނެއްކައިރި އެކަކު ހުންނައިރު، މާ ބޮޑެތި ނޫޓްތަކުގެ ފައިސާ ހިފައިގެން ކަސްޓަމަރު ދިއުމުން ޖެހެނީ ކައުންޓަރު ނުވަތަ ރިސެޕްޝަނަށް ގޮސް މާރުކުރާށެވެ. އަނެއްކާވެސް އެ ބޭކާރުވަނީ ވަގުތެވެ. ފަހަތުގައި އޮތް ބޮޑު ކިޔުގައި ތިބޭ މީހުންގެ ރުޅިގަނޑު ފަޅައިގެން ނުދާންވީ ސަބަބެއް ނެތްތާއެވެ. އެކަމަކު ދެން އަންނަ މީހާވެސް ވަކި ރަނގަޅެއް ނޫނެވެ.

ހައްލަކީ "އިހުތިރާމް" ކުރުން!

މިއީ ފަހަރެއްގައި އެއްބަޔަކަށް ވަރަށް ބޭކާރު ވާހަކަތަކަކަށް ވެދާނެ އެވެ. އެހެންނަމަވެސް މި މައްސަލައާ ގުޅުމެއް ނެތް އެއްވެސް މީހަކު ނުހުރެ ދާނެ އެވެ. މިހެން މިކަންތައްތައް ދިމާވާކަން އެންމެނަށްވެސް އެނގޭއިރު، ހައްލުކުރަން އުޅެމާ ހިނގާށެވެ. ރަތްދަކައަވީގައިވެސް އެއްބައިފަހަރު ނިކަން ވަރުބަލިވެފައި އެއްބަޔަކު ކިއު އަށް އަރަ އެވެ.

އަނެއްބަޔަކު ލޯބިވެރިން ގޮވައިގެން ފިނި ބުރަކަށް ނުކުމެފައިވެސް ކިއުއަށް އަރަންޖެހިފައި ތިބެއެެވެ. ނުވަތަ މުހިންމު ބައްދަލުވުމަކަށް، އެޕޮއިންޓްމަންޓަކަށްވެސް ލަސްވެފައި ތިބެ ދާނެ އެވެ. އެހެންކަމުން ތިމާއަށް ލަސްވާފަދައިން އަނެކާއަށްވެސް ލަސްވާނެކަން ދަނެ އެކަމަށް އިހުތިރާމުކުރާށެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު