ނޫސްވެރިންނަށް އަމާޒުކޮށްގެން އެމްއެމްއޭއިން ސެމިނާއެއް ބާއްވައިފި

ނޫސްވެރިންނަށް އަމާޒުކޮށްގެން އެމްއެމްއޭއިން ސެމިނާއެއް ބާއްވައިފިއެވެ.

ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ ސެމިނާގައި މާލީ އަދި އިގްތިސާދީ ދާއިރާއާއި ގުޅޭ ހަބަރުތައް ގެނެސްދިނުމުގައި ވިސްނަންވީ ކަންތައްތަކާއި ބެހޭ ގޮތުން ނޫސްވެރިންނަށް ވަނީ މައުލޫމާތު ދީފައެވެ.

މީގެ އިތުރުން އެމްއެމްއޭ އިން ނެރޭ އެކިއެކި ތަފާސް ހިސާބުތަކާއި ޕަބްލިކޭޝަންތަކާއި ބެހޭ ގޮތުން ވެސް ސެމިނާގައި ބައިވެރިވި ނޫސްވެރިންނަށް މައުލޫމާތު ދީފައިވެއެވެ.

މި ސެމިނާގައި އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ސެޝަނެއް ނަންގަވައިދެއްވި އިރު، ސެމިނާގެ ބައިވެރިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވީ އެމްއެމްއޭގެ އެސިސްޓެންޓް ގަވަރުނަރު އިދުހާމް ހުސައިން އަދި ޑެޕިއުޓީ ގަވަރުނަރު އައިޝަތު ޒާހިރާއެވެ.

އެމްއެމްއޭއިން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް މިފަދަ ސެމިނާތައް ބާއްވާނެ ކަމަށެވެ.

comment ކޮމެންޓް