ދިވެއްސަކާ ގުޅިގެން ނޫނީ ޑައިވިންގެ ދާއިރާއަށް އިންވެސްޓު ނުކުރެވޭ ގޮތަށް ހަދައިފި

ފްރީޑައިވް މޯލްޑިވްސް މޯލްޑިވްސް ހިންގި ކޯހެއްގެ ތެރެއިން: --- ފޮޓޯ/ ފްރީޑައިވް މޯލްޑިވްސް

ދިވެއްސަކާ ގުޅިގެން ނޫނީ ޑައިވިންގެ ދާއިރާއަށް ބޭރުމީހުންނަށް އިންވެސްޓުނުކުރެވޭ ގޮތަށް އުސޫލަށް ބަދަލުގެނެސްފިއެެވެ.

ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްއާ ގުޅޭގޮތުން އިކޮނިމިކް މިނިސްޓްރީން މިއަދު މަންދުރު މާގިރި ހޮޓެލްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވީ މިއަދުން ފެށިގެން ބޭރުމީހުންނަށް ރާއްޖޭގައި ޑައިވިން އިންޑަސްޓްރީއަށް އިންވެސްޓްކުރެވޭނީ ދިވެއްސެއްގެ 20 ޕަސެންޓް ހިއްސާވެގެންދާނެ ކަަމަށެވެ.

" އެއީ މެޗުއާ އިންޑަސްޓްރީއަކަށްވެއްޖެ. އެހެން ނަމަަވެސް އަދިވެސް ބޭރުގެ އިންވެސްޓަރުން އިންވެސްޓުކުރުމަށް މުހިންމުވާކަމަކީ އެ އިންވެސްޓަރުންނާއެކީ އެބައާދޭ ޑައިވިން އެކަންޏެއް ނޫން. އިންވެސްޓަރުންނާއެކު އެބައާދޭ ގެސްޓުން އިތުރަށް ރާއްޖޭގެ ޑައިވްކްލަބްތަކާ އެމީހުންނާ ގުޅިފައި ހުންނާތީ. އެހެންކަމުން އަދިވެސް ބޭރުމީހުންނަށް ބައިވެރިވެވޭގޮތަށް އެހެންނަމަވެސް ދިވެއްސަކާއެއްކޮށް ވެވޭގޮތަށް " މިނިސްޓަރު ވިދާޅުވިއެވެ.

އަލަށް އެކުލަވާލި ފޮރިން އިންވެސްޓުމަންޓް ސިޔާސަތުތަކުގެ ދަށުން ޖުމްލަ 92 ވިޔަފާރިއަކަށް އިންވެސްޓުކުރެވޭއިރު 29 ވިޔަފާރިއަކަަށް އިންވެސްޓު ނުކުރެވޭނެއެވެ.

އޭގެ އިތުރުން 37 ވިޔަފާރިއަކަށް އޮޓޮމެޓިކުން ފުރުސަތުދޭވެނޭކަމަށް ކަނޑައަޅާފައިވެއެވެ.

comment ކޮމެންޓް