ފަންނުވެރިން ބިނާކުރުމުގެ ކޯހެއް އުކުޅަހުގައި ފަށައިފި

ފަންނުވެރިން ބިނާކުރަން އުކުޅަހުގައި ކުރިއަށްގެންދާ ކޯސްތައް ފަށަން އުކުޅަސް ކޮންވެންޝަން ސެންޓަރުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ އިކޮނޮމިކް މިނިސްޓްރީ

ފަތުރުވެރިކަމުގެ ސިނާއަތުން ފަންނުވެރިން ބިނާކުރުމުގެ ކޯހެއް އއ. އުކުޅަހުގައި ފަށައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީއާއި މޯލްޑިވްސް ޕޮލިޓެކްނިކް ގުޅިގެން އުކުޅަހުގައި ފެށި ކޯހަކީ ގެސްޓްހައުސް މެނޭޖްމަންޓް ރޮނގުން ސެޓްފިކެޓް ލެވެލް ތިނެއްގެ ކޯހެކެވެ.

މިނިސްޓްރިން ބުނީ މި ކޯހުގެ މައިގަނޑު މަގްސަދަކީ މަސައްކަތުގެ ބާޒާރަށް ދިވެހިން ނެރުމާއި އެކިއެކި ވަޒީފާތަކަށް ދިވެހިން ބޭނުންވާ ފަންނީ ތަމްރީނާއި ހުނަރުތައް ދަސްކޮށްދިނުން ކަމަށެވެ.

އުކުޅަހުގައި ހަ މަސް ދުވަހުގެ މުއްދަތަކަށް ކުރިއަށްގެންދާ އެ ކޯހުގައި 43 ފަރާތަކުން ވަނީ ބައިވެރިވެފަ އެވެ.

މިނިސްޓްރީން ބުނީ ފަތުރުވެރިކަމާއި މަސައްކަތެރިކަމުގެ ސިނާއަތުގައި އެކި ކޯސްތައް ކުރިއަށް އޮތް ތަނުގައި ވެސް ކުރިއަށް ގެންދަން ރާވާފައިވާ ކަމަށެވެ.

comment ކޮމެންޓް