ކްރިތީ ބޭނުންވަނީ ބިރުވެރި ފިލްމެއް ކުޅެން!

ކްރިތީ ސެނަން--

ބޮލީވުޑްގައި ފިޔަޖަހަމުން އަންނަ ބަތަލާ ކްރިތީ ސެނަން ބިރުވެރި ފިލްމެއް ކުޅެން ބޭނުންވާ ކަމަށް އޭނާ ބުނެފިއެވެ.

އޭނާ ބުނީ އަދި އޭނާ ބިރުވެރި ފިލްމެއް ނުކުޅޭ ކަމަށާއި ބިރުވެރި ފިލްމަކުން ފުރުސަތެއް ލިބިއްޖެނަމަ އެ ފުރުސަތުގެ ބޭނުން ހިފާނެ ކަމަށެވެ.

"އަހަރެން ބޭނުން އަހަރެން އެކްސްޕްލޯ ކުރަން. ކޮންމެ ތަރިއެއްވެސް ބޭނުންވާނެ އެކި ޖޯންރާ ތަކުގެ ފިލްމުތައް ޓްރައިކުރަން. މިހާރު އަހަރެންނަށް ގިނަ ޖޯންރާތަކެއް ކުޅެވިއްޖެ. އެކަމަކު އަދި ބިރުވެރި ފިލްމެއް ނުކުޅެން. އެހެންވެ އެ ޖޯންރާގެ ފިލްމެއް ކުޅެލަން ބޭނުންވަނީ،"

ކްރިތީ ބުނީ އޭނާ އަކީ ބިރުވެރި ފިލްމުތަކުގެ ފޭނެއް ނޫންނަމަވެސް ބިރުވެރި ފިލްމެއް ކުޅެލުމަށް ފުރުސަތު ލިބިއްޖެނަމަ އުފަލާއެކު ގަބޫލުކުރާނެ ކަމަށެވެ.

ކްރިތީ ސްކްރީނުން ދެން އެންމެ އަވަހަށް ފެނިގެންދާނެ ފިލްމަކީ "މީމީ"އެވެ. އެ ފިލްމަށް އޭނާ ވަނީ 15 ކިލޯވެސް ބަރުކޮށްފައެވެ. އެ ފިލްމުގައި އޭނާ ކުޅެނީ ސަރޮގޭޓް މަންމައެއްގެ ރޯލެވެ.

އޭނާ ވަނީ ގިނަ ފިލްމުތަކެއްގައި މަސައްކަތްކޮށްފައެވެ. އޭގެ ތެރޭގައި "ލުކާ ޗުއްޕި"، "ހައުސްފުލް 4"، "ދިލްވާލޭ" އަދި "ރާބްތާ" ހިމެނެއެވެ.

comment ކޮމެންޓް