އަމީތާބުގެ "ޖުންދު"ގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފި

ޖުންދުގެ ޕޯސްޓަރެއް---

ނާގްރާޖް މަންޖޫލޭ ޑައިރެކްޓްކުރާ ފިލްމު "ޖުންދު" ގެ ފުރަތަމަ ޕޯސްޓަރު އާންމުކޮށްފި އެވެ.

އަމީތާބު ބައްޗަން ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގެ ފުރަތަމަ ޕޯސްޓަރުން ވެސް ފެނިގެންދަނީ އަމީތާބެވެ.

ކްރިޝަން ކުމާރު ޕްރޮޑިއުސްކުރާ އެ ފިލްމު ރިލީޒްކުރާނީ އަންނަ އޮކްޓޯބަރު މަހުއެވެ. މި ފިލްމު އަޅުވާ ތާރީހް ދެފަހަރެއްގެ މަތިން ވަނީ ބަދަލުކޮށްފައެވެ. މި ފިލްމު ކުރިން އަޅުވަން ނިންމީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުގައެވެ.

ނަމަވެސް ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތް ނުނިމޭތީ ފިލްމު އޮކްޓޯބަރު މަހަށް ފަސްކުރީއެވެ. ފިލްމު ފަސްކުރި ނަމަވެސް ފިލްމު އަޅުވާ ތާރީހެއް ހާމަކޮށްފައެއް ނުވެއެވެ.

ޓީ ސީރީޒުން ޕްރޮޑިއުސް ކުރާ އެ ފިލްމަކީ ޕްރޮފެސަރު ވިޖޭ ބަރްސޭގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

comment ކޮމެންޓް