ގާފަރުގެ ސެން ކުދިންނަށް ޖަވާހިރެއް ފަދަ ހަދިޔާއެއް!

ބީއެމްއެލްގެ ކޮމިޔުނިޓީ ފަންޑުގެ އެހީގައި ކ. ގާފަރު ސްކޫލްގައި ތަރައްގީ ކުރި ސެން ކްލާސް ރޫމް: މި އެހީގައި ސެން ކުދިންނަށް ބޭނުންވާ ތެރަޕީތައް ދެވޭނެ ވަސީލަތްތައް ވަނީ ގާއިމް ކޮށްފައި -- ފޮޓޯ/ އަބޫބަކުރު އަލީ ފައުންޑޭޝަން

ސްކޫލުތަކުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމުގައި ދިމާވާ އެންމެ ބޮޑު ދައްޗަކީ އެކުދިންނަށް ކިޔަވައިދޭން ބޭނުންވާނެ ވަސީލަތްތައް ނެތުމެވެ. އެފަދަ ކުދިންނަކީ ހާއްސަ އަޅައިލުމާއެކު ހާއްސަ ފަރުވާތަކެއް ބޭނުންވާ ކުދިންނަށް ވާއިރު އުނގެނުމުގެ މާހައުލުގައި މި ތެރަޕީތައް ދިނުމުގައި ވަސީލަތުގެ ދަތިކަން ބޮޑެވެ. ކ. ގާފަރު ސްކޫލްގައި އުފައްދާފައިވާ ސެން ކުލާހަށް ވެސް އޮތީ އެ މައްސަލަ ދިމާވެފަ އެވެ. ސެން ކުލާހެއް ހުއްޓަސް ގޮނޑި އާއި މޭޒު ފިޔަވާ އެ ކުދިންނަށް ކިޔަވައިދޭން އިތުރު ވަސީލަތެއް ނެތެވެ.

އެ ހާލަތުން އަރައިގަންނަން އިސް ނެގީ އެ ރަށު ޖަމްއިއްޔާއެއް ކަމަށްވާ، އަބޫބަކުރު އަލީ ފައުންޑޭޝަނެވެ.

އަމިއްލަ ފަރާތްތަކުން ކުރާ އިޖުތިމާއީ ކަންކަމަށް އެހީވުމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ކުރިއަށް ގެންދާ ކޮމިޔުނިޓީ ފަންޑަށް އެ ޖަމްއިއްޔާއިން ޕްރޮޕޯސަލް ހުށަހެޅީ ރަށު ސްކޫލްގެ ސެންކުލާސް ތަރައްގީ ކުރެވޭނެ ގޮތްތަކެކެވެ. އެ ޖަމްއިއްޔާއިން އެދުނީ، އެ ކްލާހުގައި ކިޔަވަމުންދާ ދަރިވަރުންނަށް ބޭނުންވާނެ ތެރަޕީތައް ދެވޭނެ ވަސީލަތްތައް ގާއިމް ކުރުމަށް އެހީއަކަށެވެ.

ބީއެމްއެލްގެ ކޮމިޔުނިޓީ ފަންޑުގެ އެހީގައި ކ. ގާފަރު ސްކޫލްގައި ސެންކްލާސް ރޫމު ގާއިމް ކުރުމަށް މަސައްކަތްކުރި ފައުންޑޭޝަނުގެ ޓީމު -- ފޮޓޯ/ ބީއެމްއެލް

ބޭންކުގެ ކޮމިޔުނިޓީ ފަންޑު ޕްރޮގްރާމަށް ހުށަހެޅި އެތައް ޕްރޮޕޯސަލެއްގެ ތެރެއިން، އެ ޖަމްއިއްޔާގެ ޕްރޮޕޯސަލް ކުރިއެރުން ހޯދި އެވެ.

ރަށުގެ ސެން ކްލާސް ތަރައްގީކުރުމަށް އެފަންޑުން އެހީދޭން ނިންމުން ވެގެން ދިޔައީ، އެ ރަށުގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ލިބުނު ހިތްހަމަ ޖެހުމަކަށެވެ. ބީއެމްއެލްގެ އެ ފަނޑުން ދިން އެހީގެ ދަށުން ކްލާސް ތަރައްގީ ކުރުމުގެ މަސައްކަތް ފެށީ އެ ޖަމްއިއްޔާގެ މެންބަރުންނާއި ސެން ކްލާހުގެ ސުޕަވައިޒަރު ގުޅިގެންނެވެ.

"ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަކީވެސް ތައުލީމުގެ ފުރުސަތު ލިބެންޖެހޭ ކުދިން. އެކުދިންނަށް ބޭނުންވާ އިތުރު އެހީއާއެކު ކިޔެވުމުގެ ފުރުސަތު ލިބެންޖެހޭ ކުދިން. ސެން ކްލާސްްރޫމު ތަރައްގީކުރަން އަޅުގަނޑުމެން ވިސްނީ އެހެންވެ،" އަބޫބަކުރު އަލީ ފައުންޑޭޝަންގެ އެގްޒެކެޓިވް ޑިރެކްޓަރު، އައިޝަތު ސާނާ ވިދާޅުވި އެވެ.

ބީއެމްއެލްގެ ކޮމިޔުނިޓީ ފަންޑުގެ އެހީގައި ކ. ގާފަރު ސްކޫލްގައި ތަރައްގީ ކުރި ސެން ކްލާސް ރޫމް: މި އެހީގައި ސެން ކުދިންނަށް ބޭނުންވާ ތެރަޕީތައް ދެވޭނެ ވަސީލަތްތައް ވަނީ ގާއިމް ކޮށްފައި -- ފޮޓޯ/ ބީއެމްއެލް

ސާނާ ވިދާޅުވި ގޮތުގައި ބީއެމްއެލްގެ އެހީ ލިބުމާ އެކު، އެންމެ ފުރަތަމަ ވެސް ބެލީ އެފަދަ ޒަމާނީ ކްލާސްތައް ގާއިމްކޮށްފައި ހުންނަ ގޮތްތައް ބެލުމަށެވެ. އެގޮތުން ކެއާ ސޮސައިޓީ ފަދަ ކްލާސްތަކުގައި ހުންނަ ވަސީލަތްތައް ދެނެގަތީ އެވެ. މަސައްކަތް ފެށީއަށް ފަހު، ރޭވުންތެރިކަމާ އެކު އެވެ.

"ކްލާސްރޫމު ގާއިމް ކުރުމުގެ ކުރިން އަޅުގަނޑުމެން ދިރާސާ ކުރިން ރާއްޖޭގެ އެހެން ސްކޫލުތަކުގައި މިފަދަ ކްލާސްރޫމުތައް ހުރީ ކިހިނެއްކަން، ކޮންކަހަލަ ވަސީލަތްތަކެއްތޯ ހުރީ. އެގޮތުން މާލޭގެ ބައެއް ސްކޫލުތަކާ ކެއާ ސޮސައިޓީގެ ކްލާސްރޫމުތައް ބަލައި ދިރާސާ ކުރިން. ދުނިޔޭގެ އެހެން ގައުމުތަކުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދޭ ކްލާސްރޫމުތަކާއި ވަސީލަތްތައް ހުންނަގޮތް ދިރާސާ ކުރުމަށްފަހު ގާފަރުގައި ސެން ކްލާސްރޫމެއް ގާއިމް ކުރީ،" ސާނާ ވިދާޅުވި އެވެ.

ބީއެމްއެލްގެ ކޮމިޔުނިޓީ ފަންޑުގެ އެހީގައި ކ. ގާފަރު ސްކޫލްގައި ތަރައްގީ ކުރި ސެން ކްލާސް ރޫމް: މި އެހީގައި ސެން ކުދިންނަށް ބޭނުންވާ ތެރަޕީތައް ދެވޭނެ ވަސީލަތްތައް ވަނީ ގާއިމް ކޮށްފައި -- ފޮޓޯ/ އަބޫބަކުރު އަލީ ފައުންޑޭޝަން

ބީއެމްއެލްގެ ކޮމިޔުނިޓީ ފަންޑަށް ގާފަރު ސެން ކްލާސްރޫމުގެ ޕްރޮޕޯޒަލް ހުށަހެޅީ، އެފަދަ މަސައްކަތަކަށް ބޮޑު ފަންޑެއް ބޭނުންވާތީ، އަމިއްލައަށް އެ ފައިސާ އެއްކުރެވެން ނެތިގެންނެވެ. ނަސީބު ކަންދިމާކުރި ގޮތުން ދެވަނަ ކުއާޓަރުގައި ބީއެމްއެލްގެ އެހީދޭ ޕްރޮޕޯޒަލްތަކުގެ ތެރޭ އެ ޕްރޮޕޯޒަލްވެސް ހިމެނުނެވެ. އެއާ އެކު، ބީއެމްއެލްގެ އެހީ އާއި ޖަމްއިއްޔާއިން ހޯދި ބައެއް އެހެން އެހީތަކާ އެކު މި ވަނީ ނުވެ އޮތް، ބޮޑު މަސައްކަތެއް ނިންމާލެވިފަ އެވެ.

ބީއެމްއެލްގެ ކޮމިޔުނިޓީ ފަންޑުގެ އެހީގައި ކ. ގާފަރު ސްކޫލްގައި ތަރައްގީ ކުރި ސެން ކްލާސް ރޫމް: މި އެހީގައި ސެން ކުދިންނަށް ބޭނުންވާ ތެރަޕީތައް ދެވޭނެ ވަސީލަތްތައް ވަނީ ގާއިމް ކޮށްފައި -- ފޮޓޯ/ ބީއެމްއެލް

"ރަށު ސްކޫލުގައި ކުރިން ހުރި ސެން ކްލާސްރޫމަކީ ކުޑަ ތަނެއް. އަޅުގަނޑުމެން [އަބޫބަކުރު އަލީ ފައުންޑޭޝަން] މަސައްކަތް ކުރަނީ ރަށުގެ ތައުލީމީ ކަންތައް ކުރިއަރުވަން. ކުރިން ސެން ކްލާހުގައި ކުދިންނަށް ކިޔަވައިދެނީ އެކްލާހުގެ ޓީޗަރު އަމިއްލައަށް ތައްޔާރުކުރާ ވަސީލަތްތަކާއެކު. އެކަމަކު މިހާރު އަޅުގަނޑުމެން މި ގާއިމްކުރި ކްލާސްރޫމުގައި އޮކިޔުޕޭޝަނަލް ތެރަޕީ އާއި ޕްލޭ ތެރަޕީ ކުދިންނަށް ދެވޭނެ. މިއީ ބޮޑު ހަރަދެއް ހިނގާނެ ކަމަކަށް ވާތީ ކޮމިޔުނިޓީ ފަންޑަށް ޕްރޮޕޯޒަލް ލީ. ބީއެމްއެލްގެ އެހީ އާއި ފައުންޑޭޝަނުގެ ފައިސާ އިން މި ޕްރޮޖެކްޓު މި ނިންމާލެވުނީ،" ސާނާ ވިދާޅުވި އެވެ.

ބީއެމްއެލްގެ ކޮމިޔުނިޓީ ފަންޑުގެ އެހީގައި ކ. ގާފަރު ސްކޫލްގައި ތަރައްގީ ކުރި ސެން ކްލާސް ރޫމް: މި އެހީގައި ސެން ކުދިންނަށް ބޭނުންވާ ތެރަޕީތައް ދެވޭނެ ވަސީލަތްތައް ވަނީ ގާއިމް ކޮށްފައި -- ފޮޓޯ/ ބީއެމްއެލް

އިއްޔެ ދިރާސީ އާ އަހަރުގެ ކިޔެވުން ފެށިއިރު، އަބޫބަކުރު ފައުންޑޭޝަނުން ވަނީ ސެން ކްލާސްރޫމް ނިންމައި ސްކޫލާ ހަވާލުކޮށްފަ އެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ އިތުރުން އެހެން ދަރިވަރުންނަށްވެސް ބޭނުންވާނެ ޕްލޭ ތެރަޕީ ފަދަ ހިދުމަތްތައް އެ ކްލާސްރޫމުން މިހާރު ދެވޭނެ އެވެ.

އަބޫބަކުރު އަލީ ފައުންޑޭޝަނުން ބުނީ އެ ފައުންޑޭޝަނުން ކްލާސްރޫމުގެ މަސައްކަތް ކުރިއިރު އެންމެ އިސްކަންދިން އެއް ކަމަކީ ސްކޫލުގެ ހުރިހާ ދަރިވަރުންނަށްވެސް ބޭނުންވާނެ ވަސީލަތްތަކާއެކު އެ ކްލާސްރޫމު ގާއިމް ކުރުން ކަމަށެވެ.

ޕްރޮޖެކްޓު ކުރިއަށް ގެންދިޔައިރު ގާފަރު ސްކޫލުގެ ފަރާތުން ދިން އެއްބާރުލުން އަބޫބަކުރު އަލީ ފައުންޑޭޝަނުން ފާހަގަ ކުރި އެވެ.

ބީއެމްއެލްގެ ކޮމިޔުނިޓީ ފަންޑުގެ އެހީގައި ކ. ގާފަރު ސްކޫލްގައި ތަރައްގީ ކުރި ސެން ކްލާސް ރޫމް: މި އެހީގައި ސެން ކުދިންނަށް ބޭނުންވާ ތެރަޕީތައް ދެވޭނެ ވަސީލަތްތައް ވަނީ ގާއިމް ކޮށްފައި -- ފޮޓޯ/ ބީއެމްއެލް

"އަޅުގަނޑުމެން އުއްމީދުކުރަނީ މި ގާއިމްކޮށްދިން ކްލާސްރޫމާއި ވަސީލަތްތަކުގެ ބޭނުން ސްކޫލުން އެންމެ ފައިދާހުރި ގޮތުގައި ހިފާނެކަމަށް. ދަރިވަރުންނަށްވެސް މީގެ ފައިދާ ކުރާނެ ކަމަށް،" ފައުންޑޭޝަނުން ބުންޏެވެ.

''އަހަރެންގެ ބޭންކް ކޮމިއުނިޓީ ފަންޑު" އަކީ މިދިޔަ އަހަރު އެއް މިލިއަން ރުފިޔާގެ ފަންޑެއް ހަމަޖައްސައިގެން ބީއެމްއެލް އިން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

ބީއެމްއެލްގެ ކޮމިޔުނިޓީ ފަންޑުގެ އެހީގައި ކ. ގާފަރު ސްކޫލްގައި ތަރައްގީ ކުރި ސެން ކްލާސް ރޫމް: މި އެހީގައި ސެން ކުދިންނަށް ބޭނުންވާ ތެރަޕީތައް ދެވޭނެ ވަސީލަތްތައް ވަނީ ގާއިމް ކޮށްފައި -- ފޮޓޯ/ އަބޫބަކުރު އަލީ ފައުންޑޭޝަން

އެ ޕްރޮގްރާމް ކުރިއަށް ގެންގޮސްފައިވަނީ ކޮންމެ ކުއާޓަރެއްގައި އެ ފަންޑަށް ލިބޭ ޕްރޮޕޯސަލް ތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ ފަސް ޕްރޮޕޯސަލް ހޮވައި، ކޮންމެ ޕްރޮޕޯސަލަކަށް 50،000 ރުފިޔާގެ ފައިސާގެ އެހީ ދީގެންނެވެ. މިފަހަރު އެ ފަންޑުން ގާފަރަށް ލިބުނު މި އެހީއަކީ، ހާއްސަ އެހީއަށް ބޭނުންވާ އެތައް ކުއްޖަކަށް ލިބުނު ބޮޑު ނަސީބެކެވެ. ގާފަރުގެ އެތައް ކުދިންނަކާއި އެ މީހުންގެ އާއިލާތަކަށް މިއީ، ގެނުވި ބޮޑު ހިނިތުންވުމެކެވެ. މިއީ، އެ ކުދިންގެ ކުރި މަގަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

comment ކޮމެންޓް