އެންމެ ރަނގަޅު ހާރިޖީ ހިދުމަތްތެރިޔާގެ އެވޯޑު ދިވެއްސަކަށް!

އެމެރިކާގެ ހާރިޖީ ދާއިރާގައި އެންމެ ރަނގަޅު ހިދުމަތެއް ފޯރުކޮށްދިން މުވައްޒަފަށް ބިއުރޯ އޮފް ސައުތު އެންޑް ސެންޓްރަލް އޭޝިއަން އެފެއާޒްއިން ދޭ އެވޯޑު ދިވެއްސަކު ހޯދައިފިއެވެ.

މިދިޔަ އަހަރު ހާރިޖީ ދާއިރާގައި އެންމެ ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމުގެ އެވޯޑު ހޯދާފައި ވަނީ ސްރީލަންކާގައި ހުންނަ އެމެރިކާ އެމްބަސީގައި މަސައްކަތް ކުރަމުން އަންނަ ޝައުފާ ސައީދެވެ.

ޝައުފާއަށް އެ ޝަރަފު ލިބިފައިވާކަން ހާމަކޮށް އެ ބިއުރޯއިން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ ޝައުފާގެ ފުރިހަމަ ރިޕޯޓުކުރުމާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ރާއްޖެއާއި އެމެރިކާ އާދެމެދު އޮތް އިތުރަށް ވަރުގަދަވެގެން ގޮސްފައިވާ ކަމަށެވެ.

އަދި އެއީ ޝައުފާގެ މަސައްކަތް ބަލައިގަތުމުގެ ގޮތުން ދީފައިވާ އެވޯޑެއް ކަމަށާއި، ހާރިޖީ ޓީމުގައި ޝައުފާ ހިމެނުމަކީ ލިބޭ ފަހުރެއް ކަމަށެވެ.

comment ކޮމެންޓް