މަތީތައުލީމުގެ ފުރުސަތު ހޯދައިދޭން ލަންކާގެ ކޮލެޖަކާއެކު ސޮއިކޮށްފި

މަތީތައުލީމުގެ ފުރުސަތު ހޯދައިދޭން ލަންކާގެ ކޮލެޖަކާ އެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ފޮޓޯ: ހަޔާ އެޑިއުކޭޝަން މިނިސްޓްރީ

ރާއްޖޭގެ ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތު ހޯދައިދިނުމުގެ ގޮތުން މިނިސްޓްރީ އޮފް ހަޔާ އެޑިއުކޭޝަން އާއި ސްރީލަންކާ ކޮލެޖެއް ކަމަށްވާ ޓެކްނޮލޯޖިކަލް ކެމްޕަސް އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެ އެއްބަސަވުމުގައި ހަޔާ އެޑިއުކޭޝަންގެ ފަރާތުން ސޮއި ކުރެއްވީ ޕަރމަނަންޓް ސެކެޓްރީ ފާތުމަތު ޙިލްމީ އެވެ. އަދި ސްރީލަންކާ ޓެކްނޮލޮޖިލް ކެމްޕަސްގެ ފަރާތުން ސޮއެ ކުރެއްވީ ފައުންޑަރ އަދި ސީއީއޯ ރަންޖިތް ރުބަސިންގްހެ އެވެ.

އެ އެއްބަސްވުމުގެ ދަސުން ރާއްޖެއަށް އަންޑަރގްރެޖުއޭޓް ލެވަލްގެ ދެ ސްކޮލަރޝިޕް އެސްއެލްޓީސީގެ ފަރާތުން ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

ސްރީލަންކާ ޓެކްނޮލޮޖިކަލް ކެމްޕަސް އަކީ އިންޖިނިއަރިންގް، ކޮމްޕިއުޓަރ ސައިންސް އަދި ބިޒްނަސްގެ އަންޑަރގްރެޖެއޭޓް ލެވަލް އިން ފެށިގެން ގޮސް މާސްޓަރސް އަށް ކިޔަވައިދޭ މަރުކަޒެކެވެ.

ރާއްޖޭގެ ދަރިވަރުންނަށް މަތީތައުލީމުގެ ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ އޮކްޓޫބަރު މަހު ވަނީ ކޯޕަރޭޓް ސްކޮލަޝިޕް ސްކީމެއްވެސް ތައާރަފްކޮށްފަ އެވެ.

ކޯޕަރޭޓް ސްކޮލަރޝިޕް ސްކީމްގެ އަމާޒަކީ، ރާއްޖެއިން ބޭރުން ހޯދާފައިވާ މަތީ ތަޢުލީމާއި ތަމްރީނުގެ އެކި ފުރުސަތުތަކުގެ ދަށުން، ދަރިވަރު ކުރަން ޖެހޭ އިތުރު ހަރަދުތައް ކޯޕަރޭޓް ޕާޓްނަރު މެދުވެރިކޮށް ހޯދައިދިނުމެވެ.

މި ސްކީމުގެ ޕާޓްނަރުންގެ ގޮތުގައި ބޮޑެތި ކުންފުނިތަކުން ވަނީ ބައިވެރިވެފަ އެވެ.

comment ކޮމެންޓް