އެމްއެންޔޫގެ ކޯސްތަކާ ބެހޭ މައުުލޫމާތު ދިނުމަށް މާދަމާ ބޮޑު ހަރަކާތެއް

ކޯސްތަކުގެ މައުލޫމާތު ދިނުމަށް 2017 ވަނަ އަހަރު އެމްއެންޔޫއިން ހިންގި ހަރަކާތުގެ ތެރެއިން --- ސަންފޮޓޯ/

ގައުމީ ޔުނިވާސިޓީ (އެމްއެންޔޫ)އިން އަންނަ އަހަރު ފަށާ ކޯސްތަކާ ބެހޭ މައުުލޫމާތު ދިނުމަށް މާދަމާ ބޮޑު ހަރަކާތެއް ބާއްވަން ނިންމައިފިއެވެ.

އެގޮތުން މާދަމާ ހަތަރު ސަރަހައްދެއްގައި އެމްއެންޔޫގެ ޓީމްތައް ހަރަކާތްތެރިވާނެކަމަށް އެ ޔުނިވާސިޓީއިން ބުންޏެވެ.

އެގޮތުން ވެލާނާގެ އާއި އައިޖީއެމްއެޗާއި އެމްއެންޔޫ ބިޒްނަސް ސްކޫލް އަދި ވިލިނގިލި ފެރީ ޓާމިނަލް ހިމެނޭ ސަރަހައްދުތަކުގައި މައުލޫމާތު ދިނުމަށް ހަމަޖެހިފަިއވާ ކަމަށް އެމްއެންޔޫއިން ބުންޏެވެ.

މައުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ގަޑިތައް

  • ވިލިނގިލި ފެރީ ޓާމިނަލް- 09:00 - 17:00
  • ވެލާނާގެ- 09:00 - 15:00
  • އެމްއެންޔޫ ބިޒްނަސް ސްކޫލް- 09:00 - 17:00
  • އައިޖީއެމްއެޗް- 09:00 - 17:00

އެމްއެންޔޫގެ ފުރަތަމަ ސެމިސްޓާ އަންނަ ފެބްރުއަރީ މަހު ފެށޭއިރު މާލެއާއި، ހދ. ކުޅުދުއްފުއްޓާއި ލ.ގަމާއި ގދ. ތިނަދޫއާއި އައްޑޫ ސިޓީގައި ހުރި ޔުނިވަސިޓީގެ ކެމްޕަސްތަކުން 110 އަށްވުރެ ގިނަ ކޯސްތަކަށް ކުރިމަތިލުމަށް މިހާރު ވަނީ ހުޅުވާލައިފައެވެ.

އެމްއެންޔޫއިން އަންނަ އަަހަރު ސެޓްފިކެޓް ހަތަރަކުން ފެށިގެން ޑިގްރީ މާސްޓާސް އަދި ޕީއެޗްޑީ ކޯސްތައް ކުރިއަށް ގެންދާނެއެވެ.

އެމްއެންޔޫއިން ކިޔަވައިދޭ ދާއިރާތަކުގެ ތެރޭގައި ފައުންޑޭޝަން ސްޓަޑީސް އާއި ސައިކޮލޮޖީ އާއި ހެލްތު ސައިންސަސް އާއި ޖާނަލިޒަމް އާއި ލެންގުއެޖާއި ޕޮލިޓިކަލް އެންޑް އިންޓަނޭޝަނަލް ރިލޭޝަންސް، ސައިންސް އެންޑް ޓެކްނޮލޮޖީ އިތުރުން އިސްލާމިކް ސްޓަޑީޒް އާއި ބިޒްނަސް މެނޭޖްމެންޓު އަދި މެޑިސިން ހިމެނެ އެވެ.

އެމްއެންޔޫއިން ބުނީ އެ ޔުނިވާސިޓީގެ އެކި ކޯސްތަކުގައި މިހާރުވެސް 7000 އަށްވުރެ ގިނަ ދަރިވަރުން ކިޔަވަމުންދާ ކަމަށެވެ.

comment ކޮމެންޓް