މައްޗަންގޮޅި ގެއެއްގެ ޓެރަސް މަތިން މަރުވެފައި އޮތް މީހަކު ފެނިއްޖެ

މީހާ މަރުވެފައި އޮތް ގޭގެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

މައްޗަންގޮޅި ގެއެއްގެ ޓެރަސްމަތިން މަރުވެފައި އޮތް މީހަކު ފެނިގެން ސިފައިންނާއި ފުލުހުން ހަރަކާތްތެރިވާން ފަށައިފި އެވެ.

ފުލުހުން ބުނީ މިއަދު ހެނދުނު 11:18 ހާއިރު މައްޗަންގޮޅީ ގެއެއްގެ ޓެރަސް މަތީގައި ފިރިހެނަކު ވެއްޓިފައި އޮތްކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެ މައުލޫމާތާ ގުޅިގެން ފުލުހުން އެގެއަށް ދިޔައިރު އޭނާގެ އަނގައިން ފޮނު އަރާފައިވާ ކަމަށެވެ.

މީހާ މަރުވެފައި އޮތް ގޭގެ ޓެރަސްގައި ފުލުހުން ހަރަކާތްތެރިވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ބެލެވޭ ގޮތުގައި އޭނާ މަރުވީ އޯވަޑޯޒް ވެގެން އެވެ.

މި މީހާ އަކީ ކާކުތޯ ދެނެގަތުމުގެ މަސައްކަތް ކުރަމުންދާކަމަށް ފުލުހުން ބުންޏެވެ.

އޭނާ ހޮސްޕިޓަލަށް ގެންދިޔުމަށް އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ދަނީ މަސައްކަތް ކުރަމުން އެވެ. މަރުވެފައި އޮތް މީހާ އަކީ އެގޭގައި ދިރިއުޅޭ މީހެއް ނޫންކަން ފުލުހުން ބެލިބެލުމުން އެނގިފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ގުޅޭ ޓެގު
comment ކޮމެންޓް