ގާސިމްގެ މަރަށް ފަސް ދުވަސް: ގާތިލުން ނުހޯދި، ދޫވެފައި

ޑިސެމްބަރ 4، 2019 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ތޫނު ހަތިޔާރުން ހަމަލާދީ މަރާލި ގާސިމް ހަސަން ހުޅުމާލެ ހޮސްޓަލުން ނެރެ އެމްބިއުލައިނސްއަށް އަރުވަނީ - ސަން ފޮޓޯ/ ފަޔާޒު މޫސާ

އަނިޔާވެރި ގޮތަކަށް ހުޅުމާލޭގައި މަރާލައިފައި އޮއްވާ ފެނުނު ގާސިމް ހަސަންގެ މަރުގެ މައްސަލައިގައި އަދިވެސް މީހަކު ހައްޔަރުނުކުރާ ކަމަށް ފުލުހުން ބުނެފި އެވެ.

ކަރަށް ވަޅި ހަރަައި މަރާލައިފައި އޮތް ގާސިމްއަކީ ޓެކްސީ ޑްރައިވަރެކެވެ.

އެ މައްސަލައިގައި ފުލުހުން ހަމައެކަނި ބުނީ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓް އާއި ފޮރެންސިކްސް ޑިޕާޓްމަންޓު ގުޅިގެން އެ މައްސަލަ ތަހުގީގު ކުރަމުން ދާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

ގާސިމް މަރާލައިފައި އޮއްވާ ފެނުނީ މިދިޔަ ބުދަ ދުވަހުގެ ރެއެވެ.

ހުޅުމާލެ ހޮސްޕިޓަލްއިން ބުނީ ގާސިމްގެ ވާތްފަރާތު ކަރުގަޔާއި އަތުގައި ފުން ޒަހަމްތަކެއް ހުރި ކަމަށެވެ.

ބައެއް މީހުން "ސަން" އަށް ބުނި ގޮތުގައި އޭނާ މަރާލި ދުވަހުގެ މެންދުރެއްހާއިރު، ގާސިމްގެ ކާރު ސައިކަލްއެއްގައި ޖެހުމުން އެ ސައިކަލް ދުއްވަން އިން ޒުވާނާ ވަނީ ގާސިމް އަށް އިންޒާރުވެސް ދީފަ އެވެ.

ގާސިމަށް ހަމަލާދީފައި ވަނީ ހުޅުމާލޭގެ އިރުމަތި ފަރާތުން ސެކަންޑް ފޭސްއާ ދިމާ ހިތިގަސްމަގުގަ އެވެ.

ގާސިމްގެ ރައްޓެހިން ބުނާގޮތުގައި ގާސިމްއަށް މީހަކު ހަމަލާ ދޭން ޖެހޭ ސަބަބެއް ނެތެވެ. އަދި ގާސިމްއަށް ހަމަލާ ދިނީ ފޭރުމުގެ ގޮތުންކަމަށް ބެލެވޭނެ މާބޮޑު ޖާގައެއް ނެތެވެ. އޭނާ ވެއްޓިފައި އޮތް އިރު ޖީބުގައި ފައިސާ ހުރި އިރު އޭނާގެ ފޯނު ވެސް ކާރުގެ ވިންޑް ސްކްރީން ކައިރީގައި އޮތް ކަމަށް އެ މަންޒަރު ދުށް ފަރާތަކުން ކިޔައިދިނެވެ.

comment ކޮމެންޓް