މުލިއާގެއަށް ގިނަ ދުވަހު ހިދުމަތްކުރެއްވި 29 ފަރާތެއްގެ އަގުވަޒަންކޮށްފި

މުލިއާގެއަށް 100 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން--- ފޮޓޯ: ރައީސް އޮފީސް

ކުރީގެ ރަސްރަސްކަލުންނާއި ބައެއް ރައީސުން ދިރިއުޅުއްވި އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްވެސް ދިރިއުޅުއްވަމުންގެންދަވާ މުލިއާގެއަށް ގިނަ ދުވަހު ހިދުމަތްކުރެއްވި 29 ފަރާތެއްގެ އަގުވަޒަންކޮށް ހަނދާނީ ފިލާ ހަވާލުކޮށްފިއެވެ.

މިރޭ ހަނދާނީ ފިލާ ހަވާލުކޮށްފައިވަނީ މުލިއާގެއަށް 20 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތްކޮށްފައިވާ ފަރާތްތަކަށެވެ.

އެފިލާތައް އެ ފަރާތްތަކަށް ހަވާލުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއެވެ.

މުލިއާގެއަށް 100 އަހަރު ފުރުން ފާހަގަކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން--- ފޮޓޯ: ރައީސް އޮފީސް

މުލިއާގެއަށް އެންމެ ގިނަ ދުވަހު ހިދުމަތްކޮށްދެއްވި ފަރާތްތަކުގެ ތެރޭގައި 49 އަހަރު ހިދުމަތް ކުރެއްވި އިބްރާހިމް ޒަކީއާއި 42 އަަހަރު ހިދުމަތް ކުރެއްވި އިބްރާހިމް ހަލީމް ހިމެނެއެވެ.

އެ ދެބޭޅުން ވަނީ ދެވަނަ ޖުމްހޫރިއްޔާގެ ހަ ރައީސްއިންނާއެކު މަސައްކަތް ކުރައްވައިފައައެވެ.

ހަނދާނީ ލިޔުން އެރުވި ފަރާތްތައް

  • މުހައްމަދު ރަޝީދު (20 އަހަރުގެ ހިދުމަތް)
  • ޝަފްރާޒް ނަވާޒް
  • އަބްދުﷲ ފަޔާޒް (20 އަހަރުގެ ހިދުމަތް)
  • ރާޖާ ރާމް ގައިންޖޫ (21 އަހަރު ގެ ހިދުމަތް)
  • އިސްމާއިލް އަހުމަދު (21 އަހަރުގެ ގެ ހިދުމަތް)
  • މުހައްމަދު ވަހީދު (21 އަހަރުގެ ހިދުމަތް)
  • ޗަންދްރަސިންގް ގުރުންގް (22 އަަހަރުގެ ހިދުމަތް)
  • ބުއްދީބް ޕްރަސާދް ސުުބައިދީ 22 އަހަރުގެ ހިދުމަތް)
  • ފަރުހަތު އަބްދުލް ގަފޫރު (22 އަަހަރުގެ ހިދުމަތް)
  • އަލީ ނަޖީބް އިސްމާއިލް (22 އަަހަރުގެ ހިދުމަތް)
  • ރާމް ކުމާރު ކަނާލް (23 އަަހަރުގެ ހިދުމަތް)
  • ހަސަން ސޯބިގް (23 އަަހަރުގެ ހިދުމަތް)
  • ސުމަންގް ކުމާރު ތަމަންގް (24 އަަހަރުގެ ހިދުމަތް)
  • ލޭކް ނާކް ދަހާލް (24 އަަހަރުގެ ހިދުމަތް)
  • މުހައްމަދު މުހުއްޔިއްދީން ނިޒާރު (25 އަަހަރުގެ ހިދުމަތް)
  • އެޗް އެމް ހާލިދު މުހައްމަދު އިރުފާން (25 އަަހަރުގެ ހިދުމަތް)
  • އައިޝަތު ދިޔެ (25 އަަހަރުގެ ހިދުމަތް)
  • މުހައްމަދު ކަމާލް (25 އަަހަރުގެ ހިދުމަތް)
  • އަލީ ހަފީޒް (26 އަަހަރުގެ ހިދުމަތް)
  • އާދަމް އަލީ (26 އަަހަރުގެ ހިދުމަތް)
  • އަލީ މޫސާ އަލީ (27 އަަހަރުގެ ހިދުމަތް)
  • ހުސެއިން ޔޫސުޕް (27 އަަހަރުގެ ހިދުމަތް)
  • އަހުމަދު އަބްދުއް ސަމަދު (29 އަަހަރުގެ ހިދުމަތް)
  • މުހައްމަދު އަބްދުލް ކަރީމް (35 އަަހަރުގެ ހިދުމަތް)
  • އާދަމް ޝަމީމް (35 އަަހަރުގެ ހިދުމަތް)
  • އާދަމް ނަސީރު (37 އަަހަރުގެ ހިދުމަތް)
  • މުހައްމަދު ނިޒާރު (39 އަަހަރުގެ ހިދުމަތް)
  • އިބްރާހިލް ހަލީމް (42 އަަހަރުގެ ހިދުމަތް)
  • އިބްރާހިމް ޒަކީ (48 އަަހަރުގެ ހިދުމަތް)

މުލިއާގޭގައި އުޅުއްވި ބޭފުޅުންގެ ތެރޭގައި ޕްރިންސް ހަސަން އިއްޒުއްދީން ޝަމްސުއްދީން ރަދުންނާއި ކުރީގެ ރައީސުން ކަމަށްވާ މުހައްމަދު އަމީން ދީދީއާއި އިބްރާހިމް ނާސިރާއި މައުމޫން އަބްދުލް ގައްޔޫމްގެ އިތުރުން މުހައްމަދު ނަޝީދު ހިމެނިވަޑައިގަންނަވައެވެ.

https://www.sun.mv/83480

ކުރިން މުލީގެ ނަމުގައި ހުރި އިމާރާތް ހެންވޭރު ގަނޑުވަރުގެ ގޮތުގައި އޮތް އޭގެ ފަހުން އެތަން ބަދަލުވީ މުލީއާގެއަށެެވެ.

comment ކޮމެންޓް