ބޭރުގެ ފަންނީ މީހުންނަަށް ސައުދީ އަރަބިއްޔާއިން ރައްޔިތުކަން ދެނީ

ސައުދީގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ---

ބޭރުގެ ފަންނީ މީހުންނަަށް ސައުދީ އަރަބިއްޔާއިން ރައްޔިތުކަން ދޭން ނިންމައިފިއެވެ.

މީގެ ކުރިން ސައުދީގައި ކިތަންމެ ޒަމާނެއް ވަންދެން މަސއްކަތް ކުރިނަމަވެސް ބޭރު މީހުންނަށް ރައްޔިތުކެއް ނުދެެއެވެ.

ގަލްފު ނިއުސްއިން ބުނީ މިީ ސައުދީ އަރަބިއްޔާއިން 2030 ވަނަ އަހަރަށް ކަނޑައަޅާފައިވާ ތަސައްވަރުގެ ދަށުން އެގައުމަށް ރަނގަޅު ފަންނީ މީހުން ހޯދައި އެގައުމުގެ އިގްތިސާދު ފުޅާކުުރުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަަށެވެ.

ރައްޔިތުކަން ދިނުމުގައި ވަކި ފަންނުތަކެއްގެ މީހުންނަށް އިސްކަންދޭން ސައުދީން ވަނީ ނިންމައިފައެވެ. އޭގެ ތެރޭގައި ދީނީ އިލްމުވެރިންނާއި އިއާދަ ކުރަނިވި އަދި ނިއުކުލިއާ ހަކަތައާ ގުޅޭ ފަންނީ މީހުންނާއި ކޮމްޕިއުޓާ ސައިންސްއާއި އާޓިފިޝަލް އިންޓެލިޖެންސާއި ރޮބޮޓިކްސްއާއި ކުޅިވަރު ކުޅޭ މީހުންނާއި އަދި އޭވިއޭޝަން ފަދަ ދާއިރާތަކުގގެ ފަންނީ މީހުން ހިމެނެއެވެ.

ސައުދީން ފަހަކަށް އައިސް ދަނީ އެގައުމަގެ ގަވައިދުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަމުންނެވެ. އެގޮތުން އަންހެނުންނަށް ކާރު ދުއްވުމުގެ ހުައްދަ ދިން އިރު އެގައުމުން ވަނީ ޓޫރިސްޓް ވިސާވެސް ދޫކުރަން ފަށައިފައެވެ.

އޭގެ އިތުުރުން އެގައުމުގައި ބޭރު ގައުމުގެ ތަކުގެ އަންހެނުން އުޅޭއިރު އަބާޔާ ފަދަ ހެދުންތައް ލުން މަޖުބޫރުނުވާގޮތަށް ވަނީ ކަނޑައަޅައިފައެވެ.

comment ކޮމެންޓް