މި ހަފްތާ: ނެޓްފްލިކްސްގެ އާ ޝޯ އާއި ޝަމީމުގެ ހިޔާލު ހޫނުފެނަށް!

ބައިނަލް އަޤްވާމީ އެންޓިކޮރަޕްޝަން ދުވަސް ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ޑރ. އަލީ ޝަމީމް ވާހަކަފުޅު ދައްކަވަނީ ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މި ހަފްތާ އަކީ ރާއްޖޭގެ އިގްތިސާދީ ކަންކަމާ މެދު ދިވެހިން މާ ގަދަޔަކަށް ވާހަކަ ދެއްކި ހަފްތާ އެކެވެ. މި ހަފްތާ ޓްވިޓާގައި ތިބީ ހުސް އިކޮނޮމިސްޓުންނެވެ. މިނިމަމް ވޭޖާއި ފަރުދުންގެ އާމްދަނީ ޓެކްސްއާ ގުޅޭ ގޮތުން ޓްވިޓާގައި ތިބި ދިވެހިން ލައްކަ ބަހުސްތައް ހިންގި އެވެ. އެ މީހުންގެ ބަސް ބުންޏެވެ.

ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޑރ ޝަމީމްގެ މިނިމަމް ވޭޖު ހިޔާލު ކަމަކު ނުދިޔަ!

މިދިޔަ އަންގާރަ ދުވަހުގެ ރޭގައި، މިނިމަމް ވޭޖް ކަނޑައެޅުމުގެ ބިލު ޑްރާފްޓުކުރުމަށް އުފެއްދި ސަބްކޮމިޓީގެ ބައްދަލުވުމުގައި ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް ދެއްކެވި ވާހަކަތަކެއް އާންމުންގެ ގިނަ ބަޔަކަށް ހަޖަމު ވާގޮތެއް ހަމަ ނުވި އެވެ.

ޑރ. ޝަމީމް ވިދާޅުވީ މާލެއާއި އަތޮޅުތެރޭގައި ދިރިއުޅުމުގެ ފެންވަރާއި ހަރަދުތަކުގައި ތަފާތު ހުރުމުން މިނިމަމް ވޭޖު ކަނޑައެޅުމުގައި މާލެ އާއި އަތޮޅު ތެރޭގައި ގައި ފަރަގެއް ގެންގުޅުން ފެނިލައްވާ ކަމަށެވެ.

ޝަމީމް އިތުރަށް ވިދާޅުވީ ދިރިއުޅުމުގެ ފެންވަރަށް ބަލާފައި އުޅެވޭ މިންވަރަށް ބޭސިކް ސެލެރީ އައުން މުހިންމު ކަމަށެވެ. އޭނާ ވިދާޅުވީ މާލޭގައި ދިރިއުޅުމުގެ ފެންވަރު މަތިވެ، ހަރަދުތައްވެސް މަތިވާތީ ކަމަށެވެ. އެހެން ވީމާ، މާލޭގައި ދިރިއުޅޭ މީހަކަށް މިނިމަމް ވޭޖް ބޮޑުވާން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމާ ގުޅިގެން އާންމު ރައްޔިތުންގެ އުދާސްތައް ސޯޝަލް މީޑިއާއަށް ބަންޑުންކޮށްލި އެވެ. އެކަމާ ރުޅިއައި މީހުން ދެކުނު ގޮތުގައި، އެއީ އަނެއްކާ ވެސް މާލެ އާއި އަތޮޅުތެރެ ތަފާތު ކުރުމުގެ އިންތިހާ ދަރަޖައިގެ ދަށު ހިޔާލެކެވެ. އަނެއް ބަޔަކު ބުނީ މާލޭގައި އުޅޭ މީހުންނަށް ލިބޭ މުސާރަ ބޮޑުވާ ނަމަ، މާލެއަށް މީހުން ޖަމާވާން އެއީ އަނެއްކާ ވެސް އެޅޭ ބާރެއް ކަމަށެވެ. އެކަމަކު އޭގެ ބަދަލުގައި ބަލަން ޖެހޭނީ، އަތޮޅު ތެރެއަށް ހިޖުރަކޮށް އެތަންތަން އާބާދުވާނެ ގޮތަކަށް ސިޔާސަތުތައް އެކަށައެޅުމަށް ކަމަށް ވެސް ޑރ. ޝަމީމްގެ ހިޔާލާ ދެކޮޅު މީހުން ބުންޏެވެ.

ސޫޓު މޫވްމެންޓަށްފަހު ސޯޓު މޫވްމެންޓެއް!

މި ހަފްތާ ފެށިގެން އައީ "ސޯޓު މޫވްމެންޓް"އަކާ އެކު އެވެ. މި ހުރިހާ ކަމެއް ފެށިގެން ގޮސްފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި މަޖިލިސްގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދާދި ފަހުން އަބޫ ދާބީއަށް ކުރެއްވި ދަތުރުފުޅުގައި ސޯޓުކޮޅު ތުރުކުރައްވައިގެން ތިއްބަވައި ނެންގެވި ފޮޓޯތަކަކާ ގުޅިގެންނެވެ.

މިފަހުން ޕީޕީއެމްއަށް ސޮއިކުރެއްވި ނަހުލާ އަލީ އެ ފޮޓޯތަކަށް ފާޑުކިޔަމުން ކުރި ޓްވީޓަކާއެކު، ސޯޓު މޫވްމެންޓެއް ފެށިގެން ދިޔަ އެވެ. ނަހުލާ ބުނީ ދެ ރައީސުން ތިއްބެވީ އައުރަ ނިވާނުކޮށް ކަމަށެވެ. އެއާ އެކު ޓްވިޓާގައި ތިބި ދިވެހިން ނަހުލާ ކައިނުލީ ކިރިޔާ އެވެ.

އޭނާއަށް ރައްދު ދެމުން، ޓްވިޓާގައި އެތައް ބައެއް ސޯޓު ލައިގެން ތިބެ ފޮޓޯ ނަގާ ޝެއާ ކުރަން ފެށިއެވެ. ގިނަ ބަޔަކު އެގޮތަށް ސޯޝަލް މީޑިއާގައި ޕޯސްޓުކުރަން ފެށީ މަޖަލަކަށެވެ.

ނެޓްފްލިކްސް އިން އަލަށް ނެރުމަށް ތައްޔާރުވާ "މެސާޔައް"ގެ މަންޒަރެއް --- ފޮޓޯ : ނެޓްފްލިކްސް

ނެޓްފްލިކްސްެގެ އާ ޝޯއާއެކު އެތައް ބަޔަކު ރަތަށް!

ނެޓްފްލިކްސް އިން އާ ޝޯތައް ނެރުމަށް ދަނީ ތައްޔާރުވަމުންނެވެ. ނަމަވެސް އެތަނުން އެއް ޕްރޮޖެކްޓުގެ ކޮންޓްރޮވާޝަލްކަން ބޮޑުކަމުން އެތައް ބައެއްގެ ފާޑުކިޔުން ދަނީ އެ ޝޯއަށް ރައްދުވަމުންނެވެ.

"މެސާޔައް" ނަމަކަށް ކިޔާ ޝޯ އަކީ ދައްޖާލު ދުނިޔެއަށް ފާޅުވުމާ ގުޅޭ ހާދިސާއަށް އުފައްދާފައިވާ ސީރީޒް އެއްކަން ޓްރެއިލަރުން އެނގެ އެވެ. އަދި އޭގެތެރެއަށް އެމެރިކާއައިން އުނިއިތުރު ގެނެސް ވާހަކައިގެ ނެރޭޓިވް ބަދަލުކުރުމާ ގުޅިގެން އެތައް ބަޔަކު ތިބީ ރުޅިގަދަވެފަ އެވެ.

comment ކޮމެންޓް