ހުކުރު މިސްކިތް ދުނިޔޭގެ ތަރިކައިގެ ލިސްޓަށް އެރުވުމަށް ކުރަން ޖެހޭ މަސައްކަތުގެ ބޮޑުބައި ނިމިއްޖެ: ޔުމްނާ

ހުކުރު މިސްކިތުގެ މުންނާރުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ޔުމްނާ މައުލޫމާތު ދެއްވަނީ-- ސަން ފޮޓޯ: އަހުމަދު އަވުޝަން އިލްޔާސް

ރާއްޖޭގެ އެންމެ ޒަމާންވީ އަދި ތަރިކައިގެ ލިސްޓުގައި ހިމެނޭ ހުކުރު މިސްކިތް ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓަށް އެރުވުމަށް ކުރަން ޖަހޭ މަަސައްކަތުގެ ބޮޑުބައި މިހާރު ނިމިފައިވާ ކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ ވިދާޅުވެއްޖެ އެވެ.

ހުކުރު މިސްކިތުގެ މުންނާރުގެ އާބާތުރަ ފިލުވުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި މިއަދު ޔުމްނީ ވިދާޅުވީ އެ މިސްކިތް ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނޭ ކަމަށާއި އަދި ދާއިމީ ލިސްޓަށް އެރުވުމަށް މިހާރު މަސައްކަތް ކުރަމުންދާ ކަމަށެވެ.

"މިފަހަރު ޔުނެސްކޯގައި ބައްދަލުވުމުގައި ބައިވެރިވި އިރު ވެސް އެތަނުގެ ބޭފުޅުންނާ އެކު ބައްދަލުކުރިން. މިކަން ކުރިއަށް ގެންދިއުމަށް ޓަކައި ދެން އޭގައި ކުރަން ޖެހޭ ވަރަށް ގިނަ ދިރާސާތަކެއް އެބަހުރި އަދި މިތަން ދެމެހެއްޓެވި ގޮތެއްގައި ބެލެހެއްޓުމުގެ މެނޭޖްމަންޓް ޕްލޭންއެއް ތައްޔާރުކުރަން ޖެހޭ. ސަރުކާރުގެ ފަރާތުން މި ތަންތަނަށް ދޭން ޖެހޭ. އަހައްމިއްޔަތާއި މިތަންތަން ބެލެހެއްޓުމަށް ކުރައްވާނެކަންކަން އަޅުގަނޑުމެން ސާބިތުވާންޖެހޭ،" ޔުމްނާ ވިދާޅުވި އެވެ.

ހުކުރު މިސްކިތުގެ މުންނާރުގެ އާބާތުރަ ފިލުވުމުގެ މަސައްކަތް ރައީސް ސޯލިހް ބައްލަވާލައްވަނީ --- ސަން ފޮޓޯ: އަހުމަދު އަވުޝަން އިލްޔާސް

ޔުމްނާ އިތުރަށް ވިދާޅުވީ ހުކުރު މިސްކިތް ފަދަ ހިރިގަލު މިސްކިތެއް ދުނިޔޭގެ އެއްވެސް ހިސާބެއްގައި ނެތް ކަަމަށާއި އަދި އެއީ ދުނިޔޭގެ ފެންވަރުގައި ވެސް ތަފާތު ތަރިކަކަން ސާބިތުކޮށްދޭން ޖެހޭ ކަމަށެވެ.

"ވަރަށް ގިނަ ދިރާސާއެއްކޮށް ވަރަށް ދިގުު ރިޕޯޓެއް ހަދާފައި އަލުގަނޑުމެން ހުށަހަޅަން ޖެހެނީ އެ މަސައްކަތްތަކަށް ނަގާނެ މުއްދަތެއްް އެކަމަށް ތައްޔާރުވާން އަޅުގަޏޑުމެން މިފެށީ ދެން އޭގެ ވަރަށް ބޮޑު ބައި މިހާރު ވެސް ކުރެވިފައި އޮތީ އެހެން ނަމަވެސް އަދި ވެސް އެބަހުރި މިދެންނެވި ގޮތަށް އެންމެ ބޮޑު އެއްކަމަކީ ހަގީގަތުގައި ހުރިހާ ފަރާތްތަކެއް ގުޅިގެން މިތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ރައްކާތެރިކޮށް މެނޭޖްކުރާނެ ގޮތްތަކެއް އަޅުގަނޑުމެން އެބަކުރަން ޖެހޭ"، ޔުމްނާ ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުން އެކަމަށް މާބޮޑަށް އިސްކަންދީފައިނުވާތީ އެކަންތައް ކުރިން އެހާބޮޑަށް ކުރެވިފައި ނުވާ ކަމަކަން ވެސް ޔުމްނާ ވަނީ ފާހަގަކުރައްވައިފަ އެވެ.

ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓްގައި ރާއްޖޭގެ ހިރިގަލުގެ ހަ މިސްކިތް ހިމެނެ އެވެ. ހުކުރު މިސްކިތް ފިޔަވައި ދެން އެ ލިސްޓްގައި ހިމެނޭ މިސްކިތްތަކުގެ ތެރޭގައި ރ. މީދޫ ހުކުރު މިސްކިތާއި މާލޭ އީދު މިސްކިތާއި ފެންފުށީ ހުކުރު މިސްކިތުގެ އިތުރުން ފެންފުށީ ހުކުރު މިސްކިތާއި އިސްދޫ މުސްކުޅި މިސްކިތެވެ.

comment ކޮމެންޓް