އޮފީހަށް ދާން ގަމީހާއި އެކު ގުޅޭ ޓައިއެއް ނޭނގިގެން އުޅެންތަ؟

ގުޅޭނެ ޓައި އެއް ޚިޔާރު ކުރާނީ ކިހިނެއް --

ހެދުން އެޅުމާއި، ރީތިވުމުގައި އަބަދުވެސް އެންމެ ގިނަ ވަގުތު ނަގާ އެންމެ "ކަންތައް ބޮޑު" ބައެއްގެ ގޮތުގައި ލޭބަލްވެފައި އޮންނަނީ އަންހެނުންނެވެ. އެހެންނަމަވެސް ބައެއްފަހަރު، މި ކަންކަމުގައި ފިރިހެނެކޭ އަންހެނެކޭ ވަކި ތަފާތެއް ނެތެވެ. މިގޮތުން ބަލާއިރު، އޮފީހަށް ދާ ފިރިހެނެއްނަމަ ލާ ގަމީހާއި ޓައި ގުޅުވުމަކީ ބައެއް ފަހަރު އަރަތެއް ކަހަލަ ކަމެކެވެ.

ޓައިގެ ދިގުމިނާއި ފުޅާ މިން

އިނގިރޭސިވިލާތުގެ އެންމެ މަޝްހޫރު ޓައި އުފެއްދުންތެރިޔާ ޖޭމްސް މޯރޓަން ބުނާގޮތުން ރަނގަޅު ޓައިއެއް ޚިޔާރުކުރުމުގައި ދިމާވާ އެންމެ ބޮޑު މައްސަލައަކީ ދުރާލާ މިކަމާ އެއްވެސް ވިސްނުމެއްނެތި ފަހު ވަގުތު އަވަސް އަރުވާލާފައި ޓައިއެއް ޚިޔާރު ކުރަން ޖެހުމެވެ.

ކޮންމެއަަކަސް، އެމީހަކާއި ގުޅޭ ޓައި އެއް އިޚްތިޔާރު ކުރުމުގައި ފުރަތަމަކަމަކީ ހަށިގަނޑާއި ގުޅޭނެ ވަރެއްގެ ދިގު މިނާއި ފުޅާމިން ހުންނަ ޓައި އެއް ޚިޔާރުކުރުމެވެ. ނުވަތަ ޓައި "ޕްރޮޕޯޝަނަލް" ތޯ ބެލުމެވެ. އާރޓް އޮފް މޭންލިނަސް އިން ބުނާގޮތުން ތަންކޮޅެއް ފަލަކޮށް ބިޔަކޮށް ތިބޭ މީހުންނަށް ރަނގަޅުވާނީ، ތަންކޮޅެއް ފުޅާ އަދި ބެލޓްގެ ބަކަލް ކޮޅާއި ހިސާބަށް ހުންނަ ޓައި އެވެ. އަދި ވަރަށް ހިކިކޮށް ތިބޭ މީހުންނަށް ރަނގަޅުވާނީ އެހާ ފުޅާނޫން އަދި އެއަށްވުރެ ކުރު ޓައި އެވެ. އެނޫން އެވްރެޖް މީހުންނަށް އެންމެ ރަނގަޅީ 3-3.75 އިންޗި ފުޅާ މިނެވެ.

ޓައިގެ ކުލަ

ޓައިގެ ކުލަ މުހިންމު ---

މިކަމުގައި އެންމެ ރަނގަޅު ޖަވާބަކީ ކޮބައިކަމެއް ކަނޑައެޅިފައެއް ނެތެވެ. ބަލަންވީ އެ ކުލައަކުން ދެ ވަކި ހާއްސަ މެސެޖެއް އޮތްތޯއާއި، އެ ކުލައެއްގެ ކޮމްބިނޭޝަން މުޅި އައުޓްފިޓްއާއި ގުޅޭތޯ އެވެ. ޓައިގެ ކުލަތަކުގެ ތެރެއިން އެންމެ ގިނައިން ބޭނުންކުރެވޭނެ އެއްކުަލައަކީ ރަތް ކުލައަށްވާއިރު، ފެޝަން ގެ ދުނިޔޭގައި މިއީ "ޕަވަރ ޓައި" އެވެ. ސަބަބަކީ މިއީ އެމީހަކާއި ދިމާލަށް މީހުންގެ ސަމާލުކަން ގެނެސްދޭ، އަދި ބާރުވެރިންގެ ކުލައަކަށްވާތީ އެވެ.

ސަމާލުކަންދޭންވީ އެމީހެއްގެ ގަމީހުގެ ކުލައާއި ކޮމްޕްލިމެންޓްކުރާ ކުލައަކަށްވެފައި، އެމީހަކާއިވެސް ގުޅޭ ކުލައަކަށްވުމެވެ.

ޑިޒައިން ހުންނަ ޓައި

ޑިޒައިން ހުންނަ ޓައި

މި އާދެވުނީ އެންމެ ބޮޑު ސުވާލާއި ހިސާބަށެވެ. ޑިޒައިން ހުންނަ ޓައި އެއް ބޭނުންކުރާނަމަ ގަމީހުގައި އެ ޑިޒައިނެއް ހުރެގެން ނުވާނެ އެވެ. މިސާލަކަށް ބުނާނަމަ ރޮނގުދެމި ގަމީހަކާއި އެކު ރޮނގުދެމި ޓައި އެއް ރަނގަޅެއް ނުވާނެ އެވެ. އެންމެ ރަނގަޅުގޮތަކީ، ޑިޒައިނެއް ނުހުންނަ ގަމީހެއް ބޭނުންކުރުމެވެ.

މިކަމުގައި އެންމެ ފަސޭހަވާނީ، ހުދު ގަމީހެކެވެ. ހުދު ގަމީހަކީ ކޮންމެ ޑިޒައިނަކަށްވެސް ގުޅޭނެ ކުޅެލަން ފަސޭހަ ބޭސްއެކެވެ. އެޔާއެކު ދެން އެންމެ ފަސޭހަވާނީ މަޑު ނޫކުލައިގެ ގަމީހެވެ. ކޮންމެއަކަސް ދުރުވާންވީ މާ ވަރުގަދަ މާ ބިޒީ ކުލަތަކާއި ޑިޒައިންތަކާޢި އަދި މާ ބޮޑަށް މޮނޮޓޯނަސް ލުކްތަކާއެވެ.

މިއީ އާދައިގެ ކަމެކޭ ހީވިއަސް، ރަސްމީ ކަންކަމުގައިވެސް ކޮންމެ ޖިންސަކަސް، ހެދުން އަޅާގޮތަކީ އެމީހެއްގެ އިމްޕްރެޝަން ރަނގަޅުކޮށްދީ ކޮންފިޑެންސް އިތުރުކޮށްދޭނެ ކަމެކެވެ. އެހެންކަމުން ޓައިއަޅާނަމަ ދެން ފަހަރަކުން މިކަންކަމާއި ވިސްނާލާށެވެ.

comment ކޮމެންޓް