ޖޯންގެ އެޓޭކް ރިލީޒްކުރާ ދުވަސް ހާމަކޮށްފި

ބޮލީވުޑްގެ ކާމިޔާބު ބަތަލު ޖޯން އަބްރަހަމްގެ ކުރިއަށް އޮތް އެކްޝަން ފިލްމު "އެޓޭކް" ރިލީޒްކުރާ ދުވަސް އިއުލާންކޮށްފި އެވެ.

އަންނަ އޯގަސްޓް މަހުގެ 14 ވަނަ ދުވަހު ފިލްމު ރިލީޒްކުރުމަށް ނިންމާފައިވާ އިރު އެ ފިލްމަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ. ޖޯން އާއި ޖެކަލީން ފާނަންޑޭޒް ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގައި ރަކުލް ޕްރީތް ސިންހް ވެސް ފެނިގެންދާނެ އެވެ.

ފިލްމުގެ ޝޫޓިން ފަށާނީ އަންނަ ޖަނަވަރީ މަހު ކަމަށް ޚަބަރުތައް ބުނެ އެވެ.
ރަކުލް އެންމެ ފަހުން ފެނިގެންދިޔައީ ބޮލީވުޑްގެ ބަތަލު ސިދާތް މަލްހަތްރާ އާއެކު ފިލްމު "މަރުޖާވާ"އިންނެވެ.
ބަތަލާ ޖެކަލީން ވަނީ މީގެ ކުރިންވެސް ޖޯން އަބްރަހަމް އާ އެކު ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ.

comment ކޮމެންޓް