ޕީޖީ ކަމަށް ކުރިމަތިލެއްވީ ޒަނީން، ނިހާޔަތު އަދި ޝަމީމް

ޕީޖީ ކަމަށް ކުރިމަތިލެއްވި؛ ޒަނީން، ނިހާޔަތު އަދި ޝަމީމް (ކ-ވ).

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ކުރީގެ ޑެޕިއުޓީ ޕީޖީއިން ކަމަށްވާ ހުސެއިން ޝަމީމާއި މަރިޔަމް ނިހާޔަތު އަދި ގާނޫނީ ވަކީލު އަހުމަދު ޒަނީން ކުރިމަތިލައްވައިފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު އައިޝަތު ބިޝާމް ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުން އިސްތިއުފާ ދެއްވުމުން މިހާރު އެ މަގާމު އޮތީ ހުސްކޮށެވެ. ބިޝާމް އިސްތިއުފާ ދެއްވުމުން ބުރާސްފަތި ދުވަހުގެ ހަވީރުގެ ވަގުތެއްގައި ރައީސް އޮފީހުން ވަނީ އެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފަ އެވެ. އެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު ހަމަވީ މިއަދު މެންދުރު 2:00 އަށެވެ.

އެ މުއްދަތު ހަމަވި އިރު ތިން ބޭފުޅަކު ޕީޖީގެ މަގާމަށް ކުރިމަތިލާފައިވާ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ. "ސަން"އަށް އެނގިފައިވާ ގޮތުގައި އެ ތިން ބޭފުޅުންނަކީ ޝަމީމް ނިހާޔަތު އަދި ޒަނީނެވެ.

ޕީޖީ ކަމުން ބިޝާމް އިސްތިއުފާ ދެއްވީ އޭނާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ބެލުމުގެ މަސައްކަތް ފަށާފައި ވަނިކޮށެވެ. މިހާރު ޕީޖީ އޮފީހުގެ ހިންގުމާ ހަވާލުވެވަޑައިގެން ހުންނެވީ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް މަހުމޫދު ސަލީމެވެ

comment ކޮމެންޓް