މޯޓްސާޓްގެ ތަސްވީރެއް 4.4 މިލިއަން ޑޮލަރަށް ވިކިއްޖެ

މޯޓްސާޓްގެ އުމުރުން 13 އަހަރުގައި ކުރަހާފައިވާ ތަސްވީރެއް ވަނީ 4.4 މިލިއަން ޑޮލަރަށް ވިކިފައި -- ފޮޓޯ: ރޮއިޓާސް

ދުނިޔޭގެ އެންމެ މަޝްހޫރު އެއް މިއުޒިކް ކޮމްޕޯޒާ ކަމަށްވާ ވޮލްފްގަންގް އަމަދިއުސް މޯޓްސާޓްގެ ތަސްވީރެއް ނީލަމެއްގައި 4.4 މިލިއަން ޑޮލަރަށް ވިކިއްޖެ އެވެ.

ފްރާންސުގެ ވެރިރަށް ޕެރިހުގައި ކްރިސްޓީސް ކުންފުނިން ބޭއްވި ނީލަމެއްގައި ތަސްވީރު ވިއްކާފައި ވަނީ 1770 ވަނަ އަހަރު މޯޓްސާޓް އިޓަލީގައި ޓުއާ ކުރަމުން ދަނިކޮށް، އޭނާގެ އުމުރުން 13 އަހަރުގައި ކުރަހާފައިވާ ތަސްވީރެކެވެ. ކްރިސްޓީސްއިން ބުނާ ގޮތުގައި އެތަސްވީރު ކުރެހި ކަމަށް ބެލެވެނީ އިޓަލީގެ ކުރެހުންތެރިއެކެވެ.

އުމުރުން އެންމެ ފަސް އަހަރުގައި މިއުޒިކް ހަދަން ފެށި މޯޓްސާޓްއަކީ އޭރު ވެސް މަޝްހޫރު ހުނަރުވެރިއެކެވެ. އަދި އޭނާގެ ތަސްވީރުން ވެސް އެއް ކޮމްޕޮޒިޝަން ފެންނަން ހުރެ އެވެ.

އުމުރުން 35 އަހަރުގައި މަރުވި މޯޓްސާޓްގެ ހަޔާތުގައި ކުރަހާފައި ވަނީ އޭނާގެ އެންމެ ފަސް ކުރެހުމެވެ.

comment ކޮމެންޓް