އުރީދޫ ކަލާރަން: މޫދު އުފާ ހަރަކާތްތައް ފޯރިއާއެކު ކުރިއަށް ގެންގޮސްފި

އުރީދޫ ކަލާ ރަންގެ ފޯރި ގަދަ ކުރުމަށް ކުރިއަށް ގެންދިޔަ މޫދު އުފާ ހަރަކާތުގެ ތެރެއިން: މި ހަރަކާތުގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އާއިލާތަކުން ބައިވެރިވި -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މާދަމާ ބާއްވާ ރާއްޖޭގެ އެންމެ ކުލަގަދަ ދުވުން، އުރީދޫ ރަންގެ ފޯރި ގަދަ ކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ މޫދު އުފާ ހަރަކާތް ކުރިއަށް ގެންގޮސްފި އެވެ.

ހުޅުމާލޭ ރުއްގަނޑު ސަރަހައްދުގައި ކުރިއަށް ގެންދިޔަ މި ހަރަކާތުގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އާއިލާތައް ބައިވެރިވެފައިވެ އެވެ.

މޫދު އުފާ ހަރަކާތުގައި ވެށިހުނަރުގެ ނަމުގައި ސޭންޑް ކާސްލް ހެދުމުގެ މުބާރާތެއްގެ އިތުރުން ބަކެޓް ގޭމް އަދި ވާދެމުމުގެ މުބާރާތެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ވެލިހުނަރު މުބާރާތުގެ އެއްވަނަ ހޯދާފައި ވަނީ ޓީމް ބީ އެވެ.

އުރީދޫ ކަލާ ރަންގެ ފޯރި ގަދަ ކުރުމަށް ކުރިއަށް ގެންދިޔަ މޫދު އުފާ ހަރަކާތުގެ ތެރެއިން: މި ހަރަކާތުގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އާއިލާތަކުން ބައިވެރިވި -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ކަލާ ރަންގެ ފޯރި ގަދަ ކުރުމަށް ބާއްވާ ކައިޓް ފެސްޓިވަލް މިއަދު ހަވީރު ސެންޓްރަލް ޕާކުގައި އޮންނާނެ އެވެ.

ގުޑި މަހާސަމާގެ ނަމުގައި ކުރިއަށް ގެންދާ މިހަރަކާތުގައި ވެސް ކުދި ބޮޑު އެންމެންނަށް ގުޑި އެރުވުމާއި ގުޑި ހަދަން ދަސްކޮށްދިނުމުގެ ކަންކަން އޮންނާނެ އެވެ.

ފަސްހާސް މީޓަރުގެ ދުވުން ކުލަކުޅުމާއި މަޖާކުރުމުގެ ތެރެއިން ކުރިއަށް ގެންދާ ކަލާ ރަން މާދަމާ ހަވީރު ބާއްވާއިރު މާދަމާރޭ ފޯރިގަދަ މިއުޒިކް ޝޯއެއް އޮންނާނެ ކަމަށް އުރީދޫ އިން ބުންޏެވެ.

"އުރީދޫ މިޔުޒިކް ފެސްޓިވަލް"ގައި ރާއްޖޭގައި މިވަގުތު އެންމެ ނަން ވިދަމުން އަންނަ ބޭންޑްތަކުގެ ހުށަހެޅުން ފެނިގެންދާނެ އެވެ. އޭގެ ތެރޭގައި ސްކައި ރޮކް، ގްރެވިޓީ، ޓޫ ސެންސް، އިކުއަޓިކް ވައިބް ފަދަ ބޭންޑްތައް ހިމެނެ އެވެ.

އުރީދޫން އިންތިޒާމް ކުރާ ކުލަ އީދުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ސަން މީޑިއާ އެވެ.

comment ކޮމެންޓް