ހެރިޓޭޖް މިނިސްޓްރީއަށް ހަތަރު އެޑްވައިޒަރެއް

މިއަދު އެޑްވައިޒަރުންގެ ގޮތުގައި ހަމަޖައްސަވާފައިވާ (ކ-ވ) ނަސީމާ މުހައްމަދު އާއި އައްބާސް އިބްރާހީމް އާއި އަބްދުﷲ ސޯދިގު އަދި މުހައްމަދު ވަހީދު، ރައީސް ސޯލިހާއެކުގައި --- ފޮޓޯ : ރައީސް އޮފީސް

މިނިސްޓްރީ އޮފް އާޓްސް ކަލްޗާ އެންޑް ހެރިޓޭޖް އަށް އެޑްވައިޒަރުންގެ ގޮތުގައި ހަތަރު ބޭފުޅަކު އައްޔަނުކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު، މިނިސްޓްރީގެ އެޑްވައިޒަރުންގެ މަގާމަށް އައްޔަނުކުރައްވާފައިވާ ހަތަރު ބޭފުޅުނަށް މަގާމުގެ ފަތްކޮޅު މިއަދު ވަނީ އަރުއްވާފަ އެވެ. އެ ބޭފުޅުންނަކީ:

  • ނިޝާން އިއްޒުއްދީންގެ އިއްޒަތުގެވެރިޔާ، ތާރީހީ އިލްމުވެރިޔާ ނަސީމާ މުހައްމަދު ކަލޭފާނު، ހ. މާގިރި
  • ނިޝާން އިއްޒުއްދީންގެ އިއްޒަތުގެވެރިޔާ އަދި ދިވެހި ބަހުގެ މާހިރު އައްބާސް އިބްރާހީމް، މ. ސިލްވާކްލައުޑް
  • ނިޝާން އިއްޒުއްދީންގެ އިއްޒަތުގެވެރިޔާ އަދި ދިވެހި ބަހުގެ އުސްތާޒު އަބްދުﷲ ސޯދިގު، ހ. އާމުލީގެ
  • މަޑުލު މުހައްމަދު ވަހީދު، މ. މަޑުލު

މިއަދު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތަށްފަހު އެބޭފުޅުންނާ ބައްދަލު ކުރައްވާ ރައީސް ވިދާޅުވި ކަމަށް، ރައީސް އޮފީހުން ބުނީ ރާއްޖޭގެ ތާރީހާއި ސަގާފަތް އިތުރަށް ކުރިއަރުވަން އެބޭފުޅުން މަސައްކަތް ކުރައްވާނެ ކަމުގެ ވަރަށް ބޮޑު އުއްމީދެއް އެބަ އޮތް ކަމަށެވެ.

އެޑްވައިޒަރުންނަށް ލިބިފައިވާ ތަޖުރިބާގެ ބޭނުންކޮށް ދިވެހިންގެ ތަރިކަ އަންނަން އޮތް ޖީލުތަކަށް ފެންނާނެ ފަދައިން ރައްކާތެރިކުރެއްވުމަށް މުހިއްމު މަސައްކަތްތަކެއް ކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށްވެސް ރައީސް ވިދާޅުވި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

comment ކޮމެންޓް