އެކްޓްރެސް ގެހަނާ އަށް ހާޓް އެޓޭކެއްޖެހި ހާލު ސީރިއަސް

ބަތަލާ ގެހަނާ--

އިންޑިއާގެ ފިލްމީތަރި އަދި މޮޑެލް ގެހަނާ ވަސިސްތުއަށް ހާޓްއެޓޭކެއް ޖެހި އޭނާގެ ހާލު ސީރިއަސް ކަމަށް ޚަބަރުތައް ބުނެފިއެވެ.

އުމުރުން 31 އަހަރުގެ ބަތަލާ އެޑްމިޓް ކުރީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. ޚަބަރުތައް ބުނާގޮތުގައި އޭނާއަށް ހާޓްއެޓޭކެއް ޖެހުމަށް މެދުވެރިވީ ގިނަ ވަގުތުތަކެއް ވަންދެން މަސައްކަތުގައި އަވަދިވެ އުޅުމުންކަމަށެވެ. ރަނގަޅު ކާނާ ނުކައި ޑައިބެޓީޒްގެ ބޭހާއި އެނާޖީ ޑްރިންކްސް ބޭނުން ކުރުމުގެ ސަބަބުން އޭނާގެ ހާލަތު އިތުރަށް ގޯސްވެފައިވާ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

އޭނާއަށް މިހާރު އަންނަނީ ވެންޓިލޭޓަރުގައި ފަރުވާދެމުންނެވެ. އަދި އޭނާގެ ބީޕީ ވަރަށް ދަށްކަމަށް ވެސް ހަބަރުތައް ބުނެއެވެ.

ގެހަނާއަށް ފަރުވާ ދެމުން އަންނަނީ މުމްބާއީގައި ހުންނަ ރަކްޝާ ހޮސްޕިޓަލުގައެވެ. އޭނާ އަކީ އެކްޓްރެސް އަދި މޮޑެލް އެއްގެ އިތުރުން ޓީވީ ޕްރެޒެންޓަރެއް ވެސް މެއެވެ.

އޭނާ ވަނީ 70 އަށް ވުރެ ގިނަ އިސްތިހާރު ކުޅެފައެވެ. ގެހަނާ ހޮސްޕިޓަލަށް ގެންދިޔައީ ވެބް ސީރީސްއެއްގެ ޝޫޓިން ކުރިއަށް ދަނިކޮށެވެ.

comment ކޮމެންޓް