"ޔޭ ރިޝްތޭ ހޭ ޕިޔާރު ކޭ" އަށް ވަތުސަލް

ވަތުސަލް ސޭތު---

ސްޓާޕްލަސް އިން ގެނެސްދެމުން އަންނަ މަގްބޫލު ހިންދީ ޑްރާމާ ސިލްސިލާ "ޔޭ ރިޝްތޭ ހޭ ޕިޔާރު ކޭ"ގެ ރޯލަކަށް ވަތުސަލް ސޭތު ސޮއިކޮށްފި އެވެ.

އޭނާ ސޮއިކޮށްފައިވަނީ ކޮން ރޯލަކަށް ކަމެއް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އޭނާ އެ ޑްރާމާ އިން ފެންނާނެކަން މިހާރު ވަނީ ކަށަވަރުކޮށްދީފައެވެ.

ވަތުސަލް ބުނީ މިފަހަރު އޭނާ ފެނިގެންދާނީ ނެގަޓިވް ރޯލަކުން ނޫންކަމަށެވެ. އޭނާ ބޮޑަށް މަޝްހޫރުވެފައިވަނީ ނެގަޓުވް ރޯލުތައް ކުޅުމަށެވެ.

ބަތަލު ވަތުސަލް އާއެކު ޑްރާމާގެ ޝޫޓިންތައް ވެސް މިހާރު ފަށާފައިވާ ކަމަށާއި އަވަސްމުސްތަގްބަލެއްގައި އޭނާ އެ ޑްރާމާއިން ފެންނާނެކަމަށް ޚަބަރުތައް ބުނެއެވެ. އަދި އޭނާ އާއެކު އާ ޕްރޮމޯއެއް ދެއްކުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށްވެސް ޚަބަރުތައް ބުނެއެވެ.

"ޔޭ ރިޝްތޭ ހޭ ޕިޔާރު ކޭ" ގެ ލީޑު ތަރިންނަކީ ޝަހީރު ޝެއިހާއި ރިއާ ޝަރުމާ އަދި ރިތުވިކް އަރޯރާ އެވެ.

comment ކޮމެންޓް