ދިވެހި ފިލްމީތަރިން ހިމަނައިގެން އިންޑިއާ ޑައިރެކްޓަރު އުފައްދާ ފިލްމު ލޯންޗްކޮށްފި

ފިލްމު މާސްޓަރމައިންޑް ވަނީ އިއްޔެ ލޯންޗްކޮށްފައި---

ދިވެހި ފިލްމީތަރިން ހިމަނައިގެން އިންޑިއާގެ ކެރެލާގެ ޑައިރެކްޓަރ ބޭނަޒީރު މުޚްތާރު އުފައްދާ ފިލްމު "މާސްޓަރމައިންޑް" ލޯންޗްކޮށްފިއެވެ.

މި ފިލްމު ލޯންޗްކުރުމަށް އިއްޔެ ސަލްސާ ރޯޔަލްގައި ބޭއްވަ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ފިލްމުން ފެނިގެންދާނެ ބައެއް ކާސްޓުން އިއުލާންވެސްކޮށްފައެވެ.

ދިވެހި ފިލްމު އިންޑަސްޓްރީގައި ނަން މަޝްހޫރު ގިނަ ތަރިންތަކެއް ހިމަނައިގެން އުފައްދ އެ ފިލްމު ޝޫޓް ކުރާނީ އަަައްޑޫގައެވެ. ފިލްމުގެ ޝޫޓިން އަންނަ މަހު 17 ގައި ފަށާއިރު ފިލްމު ރިލީޒްކުރާނީ އަންނައަހަރުގެ ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ.

ފިލްމުން ފެނިގެންދާ ތަރިންނަކީ ޔޫސުފް ޝަފީއު (ޔޫއްޕެ)، މުޙައްމަދު މަނިކް، ޝީލާ ނަޖީބް، އައިމިނަތު ރިޝްފާ، އަމަން އަލީ (ޓޮމް) ގެ އިތުރުން އަލީ އާޒިމް (ދޮން އައްޔަ) އެވެ. އޭގެ އިތުރުން އަލީ ޝަމީލް، މަރިޔަމް ޝަހުޒާގެ އިތުރުން ލަހުފާ (ލަހޫ) ވެސް މި ފިލްމުން ފެނިގެންދާނެއެވެ.

comment ކޮމެންޓް