ކަރަން އާއި ނިޝާގެ އުފަންދުވަހުގެ މަޖާ ރާއްޖޭގައި

ކަރަން އާއި ނިޝާ--

ޓީވީ ތަރިންކަމަށްވާ ކަރަން މެހެރާ އާއި އޭނާގެ އަންހެނުން ނިޝާ ރާވަލް ރާއްޖޭގައި ޗުއްތީ ހޭދަކުރަމުން އެބަދެ އެވެ.

އެމީހުން ރާއްޖެ އައިސްފައިވަނީ ނިޝާގެ 35 ވަނަ އުފަންދުވަސް ފާހަގަކުރުމަށެވެ. ދެތަރިން ރާއްޖެއައިސް ޗުއްޓީ ހޭދަކުރަމުން އަންނަނީ ކަނޑިންމަ މޯލްޑިވްސް ރިސޯޓުގަ އެވެ.

ރިސޯޓްގައި ވީޑީއޯ ނަގައި ފޮޓޯ ނެގުމަށްފަހު ކަރަން އާއި ނިޝާ އަންނަނީ އެދެތަރިންގެ ސޯޝަލް މީޑިއާގައި ފޮޓޯތައް ހިއްސާކުރަމުންނެވެ.

ކަރަން އާއި ނިޝާ ކައިވެނިކޮށްފައިވަނީ 2012 ވަނަ އަހަރުއެވެ.

ކަރަން އަކީ ސްޓާޕްލަސް އިން ގެނެސްދެމުން އަންނަ ސިރީޒް "ޔޭ ރިޝްތާ ކިޔާ ކެހެލާ ތާ ހޭ"ގައި ނެތިކްގެ ރޯލުން ކުރިން ފެނިގެންދިޔަ ބަތަލެކެވެ.

comment ކޮމެންޓް