ފިޔަވަތި މަރާމާތުކުރަން އިންޑިއާގެ އެހީ

ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ، "ފިޔަވަތި"-- ސަން ފޮޓޯ: ޝަފްނާ ހުސައިން

ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ، ފިޔަވަތި މަރާމާތު ކުރުނަށް އިންޑިއާ ސަރުކާރުން 1.9 މިލިއަން ރުފިޔާގެ އެހީ ދީފި އެވެ.

ފޮރިން މިނިސްޓްރީ އިން ބުނީ އިންޑިއާ އިން ދިން އެހީގައި ފިޔަވަތީގެ ސެކިޔުރިޓީ ރަނގަޅުކޮށް އެތަން ހިންގުން ހަރުދަނާ ކުރަން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން ފިޔަވަތީގައި ދެ ކޮމަން ރޫމް ހަދައި މިހާރު ބޭނުންކުރާ ފަރުނީޗަރު ބަދަލުކުރުމުގެ މަސައްކަތްވެސް ކުރާނެ ކަމަށެވެ.

ފިޔަވަތީގައި ތިބެނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ އުމުރުން 13 އަހަރުން ދަށުގެ ކުދިންނެވެ.

އިންޑިއާ އިން ދިން އެހީ އަކީ އެގައުމުގެ އޭރުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސުވަރާޖު މިއަހަރުގެ މާޗުމަހު ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގައި ސޯޝިއޯއިކޮނޮމިކް ދާއިރާ އިން ރާއްޖެއަށް ދޭން ނިންމި އެހީގެ ބަޔެކެވެ.

comment ކޮމެންޓް