ފިލްމު "ސައިނާ"ގެ ސެޓުގައި ޕަރިނީތީ އަށް އަނިޔާވެއްޖެ

ބަތަލާ ޕަރިނީތީ---

އިންޑިއާގެ ކާމިޔާބު ބެޑްމިންޓަން ތަރި ސައިނާ ނެހްވާލްގެ ބައޮގްރަފިކަލް ޑްރާމާގައި އަންހެން ލީޑެއްގެ ރޯލް ކުޅޭ ޕަރިނީތީ ޗޯޕްރާއަށް އަނިޔާވެއްޖެ އެވެ.

އެ ފިލްމުގެ ސެޓުގައި ޕަރިނީތީ އަށް އަނިޔާވިއިރު އޭނާ މިހާރު އަންނަނީ ފިޒިއޮތެރަޕީ ހަދަމުންކަމަށް އޭނާ ބުންޏެވެ. ޕަރިނީތީ ބުނީ ފިލްމުގެ ޝޫޓިން މިވަގުތަށް ވަގުތީގޮތުން މެދުކަނޑާލައިފި ކަމަށާއި ރަނގަޅުވީހާ އަވަހަށް ޝޫޓިން ފަށާނެކަމަށެވެ.

ފިލްމުގެ ޝޫޓިން ފެށުމުގެ ކުރިން ޕަރިނީތީ ވަނީ ގިނަ ދުވަސްތަކެއް ވަންދެން ބެޑްމިންޓަން ޓްރެއިން ހަދާފަ އެވެ. ފިލްމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ޕަރިނީތީ ބުނީ ކުޅިވަރާ ގުޅުން ހުރި ފިލްމެއް ކުޅެން އޭނާ ވަރަށް ބޭނުންވެފައި ހުރި ކަމަށާއި، ބެޑްމިންޓަން ކުޅެން ދަސްކޮށް، ސާއިނާގެ ކާމިޔާބީ އެންމެނަށް ގެނެސްދިނުމަށް ތައްޔާރަށް ހުރި ކަމަށެވެ.

އަމޯލް ގުޕްތޭ ޑައިރެކްޓްކުރާ އެ ފިލްމު ސިނަމާތަކަށް އަންނަނީ އަންނަ އަހަރުތެރޭކަމަށް ހަބަރުތައް ބުނެ އެވެ.

comment ކޮމެންޓް