ކުޅުދުއްފުށީ ރޯހައުސްތައް މަރާމާތުކުރަން ފެނަކަ އަށް

ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ 40 ރޯހައުުސް ގައި ކުރަންހުރި މަރާމާތުގެ މަސައްކަތް ކުރުމަށް ފެނަކަ ކޯޕަރެޝަނާ ހަވާލު ކުރުން --- ފޮޓޯ: ހައުސިން

ހދ ކުޅުދުއްފުށީގައި އިމާރާތްކޮށްފައިވާ 40 ރޯހައުުސް ގައި ކުރަންހުރި މަރާމާތުގެ މަސައްކަތް ކުރުމަށް ފެނަކަ ކޯޕަރެޝަނާ ހަވާލުކޮށްފި އެވެ.

ހައުސިން މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަނުގެ ފަރާތުން މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދެވެ. ހައުސިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ހާލިސް އެވެ.

މި މަސައްކަތް ފެނަކަ އާއި ހަވާލުކުރީ 190 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މަސައްކަތުގެ އަގަކީ 23.3 މިލިއަން ރުފިޔާ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ކުޅުދުއްފުށީގައި 166 ހައުސިން ޔުނިޓު އެޅިއެވެ. އެހެން ނަމަވެސް އެ ތަންތަން މީހުންނަށް ނުދީ ގިނަ ދުވަސްވުމުން އެ ތަންތަން ވަނީ ވަރަށް ބޮޑަށް ހަލާކުވެފަ އެވެ.

comment ކޮމެންޓް