މަލަންގް ގެ ފަސްޓްލުކް ދައްކާލައިފި

މަލަންގް ގެ ފަސްޓްލުކް--

ބޮލީވުޑްގެ ބަތަލު އަދިތްޔާ ރޯއީ ކަޕޫރުގެ 34، ވަނަ އުފަންދުވަހާ ގުޅިގެން އޭނާ ލީޑް ރޯލުން ފެނިގެންދާ ފިލްމު "މަލަންގް"ގެ ފަސްޓްލުކް ދައްކާލައިފިއެވެ.

ފިލްމުގެ ޑައިރެކްޓަރު މޯހިތް ސުރީ އެ ފޮޓޯ ވަނީ އިންސްޓަގްރާމްގައި ހިއްސާކޮށްފައެވެ. އަދި އަދިތްޔާ އަށް އުފަންދުވަހުގެ ތަހުނިޔާ ކިޔާފައެވެ. ފިލްމުގެ ފަސްޓްލުކް ފެނިގެންދަނީ ޕާޓީއެއްގެ ތެރެއިން އަދިތްޔާ އާ ދިޝާ ޕަޓާނީއެވެ. ފިލްމު އަންހެން ލީޑުން ފެނިގެންދާނީ ކުރިއަރަމުން އަންނަ ބަތަލާ ދިޝާ ޕަޓާނީއެވެ.

މި ފިލްމުވެގެންދާނީ އަދިތްޔާ އާއި ދިޝާ ޕަޓާނީ ލީޑް ރޯލުން ފެނިގެންދާ ފުރަތަމަ ފިލްމަށެވެ. ފިލްމުގައި އެދެތަރިންގެ އިތުރުން ބޮލީވުޑްގެ ކާމިޔާބު ބަތަލާ އަނިލް ކަޕޫރާއި ކުނާލް ކޭމޫވެސް ފެނިގެންދާނެއެވެ.

މަލަންގް ރިލީޒްކުރުމަށް ނިންމާފައިވަނީ އަންނަ އަހަރުގައެވެ.

comment ކޮމެންޓް