ރޭމޯގެ "ސްޓްރީޓް ޑާންސާ" އަންނަ އަހަރަށް

ފިލްމުގެ ޕޯސްޓަރެއް--

ޑައިރެކްޓަރު/ކޮރެއޯގްރާފަރު ރޭމޯ ޑިސޫޒާ، އެކްޓަރު ވަރުން ދަވާން އާއެކު ގެނެސްދޭ "ސްޓްރީޓް ޑާންސާ" އަންނަ އަހަރު ގެނެސްދިނުމަށް ތާވަލްކޮށްފިއެވެ.

ޚަބަރުތައް ބުނާގޮތުގައި ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 24 ވަނަ ދުވަހުއެވެ. ކުރިން އެ ފިލްމު ރިލީޒްކުރަން ނިންމީ މި މަހުއެވެ.

ރެމޯ ބުނީ ފިލްމު އަންނަ އަހަރަށް ފަސްކުރީ ފިލްމުގެ ބައެއް މަސައްކަތްތައް ނުނިމޭތީ ކަމަށެވެ. ފިލްމުގެ ޝޫޓިން އެއްކޮށް ނިމިއްޖެ ކަމަށާއި ފިލްމަކީ 3ޑީ ފިލްމެއްކަމުން ފިލްމަށް ވަގުތު ބޭނުންވާ ކަމަށެވެ. އަދި މިހާރު ކުރިއަށް ދަނީ ފިލްމުގެ ޕޯސްޓް ޕްރޮޑަކްޝަން މަސައްކަތްކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

ފިލްމުގައި ވަރުން އާއެކު ފެނިގެންދާނީ 'އޭބީސީޑީ 2' އިން ވެސް ފެނިގެން ދިޔަ ޝްރައްދާ ކަޕޫރެވެ. އެ ފިލްމުގައި ވަރުން އަދާކުރާނީ ޕަންޖާބަށް ނިސްބަތްވާ ނެށުންތެރިއެއްގެ ރޯލު ކަމަށާއި، ޝްރައްދާ ފެނިގެންދާނީ ޕާކިސްތާނަށް ނިސްބަތްވާ ނެށުންތެރިއެއްގެ ރޯލުން ކަމަށް ޚަބަރުތައް ބުނެ އެވެ.

މި ފިލްމުގައި ކޮރިއޮގްރާފަރު ޕްރަބޫދޭވާގެ ސަޅި ނެށުންތަކެއް ފެނިގެންދާ ލަވަ "މުގާބަލާ"ގެ ރީމޭކެއް ފެނިގެންދާނެއެވެ. "މުގާބަލާ" އަކީ 1994 ވަނަ އަހަރު ނުކުތް ފިލްމު "ކަދުލާން" ގެ ލަވައެކެވެ.

comment ކޮމެންޓް