ސިފައިންގެ މާލެ އޭރިއާ އޮޕަރޭޝަން ކޮމާންޑް ސެންޓަރު ހުޅުވައިފި

އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް އޮޕަރޭޝަން ސެންޓަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ/ ރައީސް އޮފީސް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑް އޮޕަރޭޝަން ސެންޓަރު ހުޅުއްވައިދެއްވައިފި އެވެ.

ރައީސް ސޯލިހު އެ ސެންޓަރު ހުޅުވައިދެއްވީ މިއަދު ހެނދުނު ބަންޑާރިކޮށީގައި އެކަމަށް ބޭއްވި ރަސްމިއްޔާތެއްގަ އެވެ.

އެ ރަސްމިއްޔާތުގައި ރައީސް ސޯލިހާއެކު ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީއާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލުގެ އިތުރުން އެމްއެންޑީއެފް މާލެ އޭރިއާގެ އޮފިސަރުންނާއި އެހެން ރޭންކުތަކުގެ ސިފައިން ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ސެންޓަރަކީ އެމްއެންޑީއެފްގެ އެހެން ސަރަހައްދުތަކުގެ އޮޕަރޭޝަން ސެންޓަރުތަކުގެ ޤާބިލުކަން އިތުރުކުރުމަށްޓަކައި ޒަމާނީ ޓެކްނޮލިޖީއާއެކު ހިންގާ އޮޕަރޭޝަންތައް މޮނީޓަރު ކުރެވޭނެ ނިޒާމަކާއެކު އަޕްޑޭޓްކޮށްފައިވާ ސެންޓަރެކެވެ.

އެ ސެންޓަރުން މައިގަނޑު ގޮތެއްގައި ކުރާ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ޗީފް އޮފް ޑިފެންސް ފޯސް އެ ރަސްމިއްޔާތުގައި ވަނީ ހިއްސާ ކުރައްވާފަ އެވެ.

މީގެ އިތުރުން މާލެ އޭރިއާގެ ކޮމާންޑަރު ކާނަލް އަބްދުއްރައޫފު ވަނީ އެ ސެންޓަރުގެ މަސައްކަތްތަކުގެ ތަޢާރަފެއް ރައީސް ސޯލިހުއަށް އަރުވާފަ އެވެ.

comment ކޮމެންޓް