އަނީސް ޑިންގީން ފުންމާލީ ސަކަރާތްޖެހުމުގެ ތެރެއިން މަޖަލަކަށް!

މިއަދު މަރުވެފައި އޮއްވާ ފެނުނު މީހާ ޑިންގީން ފުންމާލީ ދަތުރުމަތީގައި ސަކަރާތް ޖެހުމުގެ ތެރެއިން މަޖަލަކަށް ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މިއަދު 3:30 އެހާކަންހާއިރު 10 މީހުންނާއެކު ތިލަފުއްޓަށް ދަތުރުކުރި ޑިންގީއަކުން ކަނޑަށް ފުންމާލި ދިވެއްސަކު ހޯދަމުން ދަނިކޮށް އޭނާގެ ހަށިގަނޑު ފެނިފައި ވަނީ ކަނޑުއަޑީގައި އޮއްވައެވެ.

މަރުވެފައި ވަނީ ގ. މާލެހިޔާ 1 13-02 / އަހްމަދު އަނީސް (33)އެވެ.

"އޭނާ މޫދަށް ފުންމާލައިފައި ވަނީ ދަތުރު މަތީގައި ސަކަރާތްޖެހުމުގެ ތެރެއިން، މަޖަލަކަށް ކަމަށް މައުލޫމާތު ލިބިފައިވޭ،" ފުލުހުން ބުނެފައިވެއެވެ.

ފުލުހުން ބުނީ ކަން ހިނގައި ދިޔަ ގޮތް ބެލުމަށް ފުލުހުން މިހާރު މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

އެމްއެންޑީއެފްއިން ބުނެފައި ވަނީ އަނީސް ގެއްލުމާއެކު ކޯސްޓްގާޑުގެ ޑައިވަރުން އޭނާ ފުންމާލި ސަރަހައްދުގައި ހަރަކާތްތެރިވެފައިވާ ކަމަށެވެ.

އަދި އަނީސްގެ ހަށިގަނޑު، ފެނިފައި ވަނީ ކޯސްޓުގާޑުން އޭނާ ހޯދަމުން ދަނިކޮށް 44 މީޓަރު އަޑީން ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ. އޭނާގެ ހަށިގަނޑު މިއަދު ހަވީރު ވަނީ މާލެ ގެނެސްފައެވެ.

comment ކޮމެންޓް