ބިޒްނަސް ކިޔަވާ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް އެމްއެމްއޭ އިން ބާއްވައިފި

އެމްއެމްއޭ އާއި އެމްއެންޔޫ ބިޒްނަސް ސްކޫލު ގުޅިގެން ބޭއްވި މައުލޫމާތު ދިނުމުގެ ބައްދަލުވުން -- ފޮޓޯ: އެމްއެމްއޭ

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާއި ގައުމީ ޔުނިވަސިޓީގެ ބިޒްނަސް ސްކޫލް ގުޅިގެން ޔުނިވަސިޓީ އަދި ކޮލެޖްތަކުގައި ކިޔަވާ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވައިފިއެވެ.

އެމްއެންޔޫ ބިޒްނަސް ސްކޫލްގެ އޮޑިޓޯރިއަމްގައި ބޭއްވި މި ސެޝަނުގައި އެމްއެމްއޭއިންކޮށްފައިވާ ދިރާސާއެއްގެ މައުލޫމާތު ވަނީ ހުށަހަޅާފައެވެ.

ދައުރުވާ ފައިސާ އަށް އަސަރުކުރުވާ ކަންތައްތަކާއި ބެހޭގޮތުން ހަދާފައިވާ މި ދިރާސާގެ މައުލޫމާތު ހިއްސާކޮށްފައި ވަނީ އެމްއެމްއޭގެ ރިސާޗް އެސިސްޓެންޓް އިމްތިނާން ސައުދުﷲ އެވެ.

މީގެ އިތުރުން ތާފާސްހިސާބު ވީހާވެސް ފަސޭހަކަމާއިއެކު ފޯރުކޮށްދިނުމަށް ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެއް ކަމަށްވާ ''ވިޔަ'' އެޕްއާއި ގުޅޭ މައުލޫމާތުވެސް ވަނީ ދަރިވަރުންނަށްދީފައެވެ. މިސެޝަން ނަންގަވާދެއްވީ މެނޭޖަރު ފާތުމަތު ފައިޝާއެވެ.

ވިޔަ އެޕްލިކޭޝަނަކީ ދިވެހިރާއްޖޭގެ އިގްތިސާދުގެ އެކި ދާއިރާތަކާއި ގުޅުންހުރި ތަފާތު 600 އަށްވުރެ ގިނަ ތަފާސްހިސާބު ފަސޭހަކަމާއެކު އެއްތަނަކުން ލިބޭ އެޕްލިކޭޝަންއެކެވެ. މީގެ އިތުރުން މި އެޕްލިކޭޝަން މެދުވެރިކޮށް މާލީ އަދި އިގްތިސާދާ ގުޅުންހުރި ތަފާސް ހިސާބު ފަސޭހަކަމާއިއެކު ޑައުންލޯޑްކުރެވޭނެއެވެ.

comment ކޮމެންޓް