ކިތަންމެ ކުޑަ ހަފްލާއަކަށް ވެސް ކޭޓަރކޮށްދޭން ކީގޯސް ތައްޔާރަށް!

ކީގޯސް ކެފޭ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކުޑަ ހަފްލާއެއް ބާއްވަން އުޅޭއިރު އަބަދުވެސް ދިމާވާ މައްސަލައެއް އޮވެއެވެ. އެވަރުގެ ހަފްލާއަކަށް ކޭޓަރ ކޮށްދޭނެ ބަޔަކު ހޯދުމަކީ ވޭނެކެވެ. ކޮންމެ ތަނަކުން އަތަށް ދިއްކޮށްލަނީ މަދުވެގެން އެތައް ސަތޭކަ ބަޔަކަށް ކޭޓަރ ކުރާ ވަރުގެ މެނޫއެކެވެ. އަދި އެއީ އެތަނަކުން ކަނޑައަޅާފައިވާ އަގުތަކާއި އައިޓަމްތައް ހުންނަ މެނޫތަކެވެ. މި ހުރިހާ މައްސަލައަކަށް ވަރަށް ވެސް ފުރިހަމަ ހައްލެއް ހޯދައިދިނީ ކީގޯސް ކެފޭއިންނެވެ.

ކުރީގެ ޑެލިޝް ރެސްޓޯރެންޓް އަދި މިހާރު ރީބްރޭންޑްކުރުމުގެ މަސައްކަތް ކުރަމުންދާ ކީގޯސްގެ ކޭޓަރިންގ ޕޮލިސީ ވަރަށްވެސް ތަފާތެވެ. ދިވެހި، އިޓާލިއަން، ތައި، އިންޑިއަން އަދި ސްރީލަންކާގެ މީރު ރަހަތައް ހިމެނޭ މެނޫއަކާއެކު މަދުވެގެން 15 މީހުންނަށް ކޭޓަރ ކޮށްދޭން ވެސް ކީގޯސް އޮތީ ތައްޔާރަށެވެ. އެއީ ކީގޯސްގައި ވިޔަސް، ނުވަތަ ކަސްޓަމަރުން ބުނާ ތަނެއްގައި ވިޔަސް މައްސަލައެއް ނެތެވެ.

މެނޫއާއި އަގުތަކަށް ވެސް ކީގޯސްއިން ދިނީ ވަރަށް ލުއި ދެ ގޮތެވެ. އެއް ގޮތަކީ ކަސްޓަމަރުން ބޭނުންވާ ގޮތަށް މެނޫ އަމިއްލައަށް ފަރުމާކޮށްލުމެވެ. މިގޮތަށް މެނޫ ފަރުމާކޮށްލާއިރު އަގު ކަނޑައެޅިގެންދާނީ ކަސްޓަމަރުން މެނޫގައި ހިމަނަން ބޭނުންވާ އައިޓަމްތަކުންނެވެ.

އަނެއް ގޮތަކީ ކަސްޓަމަރުން ބުނާ ބަޖެޓަކަށް، ކީގޯސްއިން މެނޫއެއް ތައްޔާރުކޮށްލުމެވެ. މި ދެ ގޮތް ތަފާތުވާ ކަމަކީ މެނޫއާއި ކޭޓަރިންގ ޕެކޭޖުގެ އަގުތަކަކީ ކަސްޓަމަރުންގެ ބޭނުންތަކަށް ފަރުމާކުރެވޭ އަގުތަކަކަށް ވާތީއެވެ.

ކީގޯސް ކެފޭގައި ބާއްވާ ހަފްލާތަކަށް މަދުވެގެން 30 މީހުންނަށް ކޭޓަރިންގް ހަމަޖައްސައިދޭއިރު، 300 އެއްހާ ގެސްޓުން އަންނަ ކައިވެނި ޕާޓީއެއްވެސް އެތަނުގައި އެއްވެސް ދަތިކަމެއް ނެތި ބާއްވާލެވޭނެއެވެ.

ކީގޯސް ކެފޭގެ ފުރަތަމަ ފަންގިފިލާގައި ތައްޔާރުކޮށްފައިވާ ޕާޓީ ސެޓަޕެއް--

ކީގޯސްގެ މި ކޭޓަރިންގް ޕެކޭޖުތަކުން އާއިލާ މެމްބަރުންނާއެކު ބާއްވާ ކުދިކުދި "ގެޓް ޓުގެދަރ"ތަކާއި އުފަން ދުވަހުގެ ޕާޓީތަކާއި ކްލާސް ޕާޓީތަކުގެ ސުފުރާމަތި ފުރާލަން ދެން ހާސްވެގެން އުޅޭކަށް ނުޖެހޭނެއެވެ.

ރާއްޖޭގެ ހިތާނީ މޫސުން ފެށެން ކައިރިވެފައިވާއިރު، ހިތާނީ ޕާޓީތަކަށް ކޭޓަރިންގް ހަމަޖައްސަން ބޭނުންވާ މީހުންނަށް ވެސް މި ޕެކޭޖު ވާނީ ކެއްކުމުގެ ބަދަލުގައި އޮތް އެންމެ ރަނގަޅު ގޮތަށެވެ.

https://sun.mv/126388

ކުންފުނިތަކުން ބާއްވާ ބޯޑު މީޓިންތަކަށާއި ކުދިކުދި ހަފްލާތަކަށް ވެސް މި ޕެކޭޖުތަކަކީ ވަރަށް ފައްކާ ޕެކޭޖުތަކަކަށް ވާނެއެވެ. އަމިއްލަ އޮފީހުގައި ވިޔަސް އަދި ކީގޯސް ކެފޭގައި ހުންނަ ޕްރައިވެޓް ރޫމްގައި ވެސް މި ކޭޓަރިންގ ޕެކޭޖުތަކާއެކު ކުދި އިވެންޓުތަކުގެ ކެއުމުގެ ބައި ހަމަޖައްސާލެވޭނެ އެވެ.

ކީގޯސްއިން ކޭޓަރިންގް ޕެކޭޖްތަކާ ގުޅޭ އިތުރު މައުލޫމާތު 3331090 ފޯނު ނަންބަރަށް ގުޅާލައިގެން ނުވަތަ ކެފޭގެ ފޭސްބުކް ޕޭޖަށް މެސެޖުކޮށްލައިގެން ހޯދާލެވޭނެއެވެ. ނުވަތަ ސީދާ ކީގޯސްއަށް ޒިޔާރަތްކޮށްލައިގެންވެސް މައުލޫމާތު ސާފުކޮށްލެވޭނެއެވެ.

ކީގޯސް ކެފޭ ހުންނާނީ ރަށްދެބައިމަގު، ރާދ ަބުކްޝޮޕް ކުރިމަތީގައި ހުންނަ ހެލެނބެލިގޯޅީގަ އެވެ.

comment ކޮމެންޓް